Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 7:16 - ކިތާބުލް މުޤައްދަސާ

16 އެފަދަ މީހުންގެ އަމަލުތަކުން އެމީހުންނީ ކޮންފަދަ ބައެއްކަން ތިޔަބައިމީހުންނަށް އެނގޭނެ. ކަށިގަސްތަކަކުން މޭބިސްކަދުރެއް އަދި ވައްތީނިއެއް ނުބިނދެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 7:16
10 ပူးပေါင်းရင်းမြစ်များ  

ކުދިންގެ އަމަލުތަކުން ވެސް އެކުދިންނަކީ ތެދުވެރި ރަނގަޅު ބައެއް ކަން އެނގިގެންދާނެއެވެ.


”⁠ރަނގަޅު މޭވާ އަޅާނީ ރަނގަޅު ގަހެއްގައި. އަދި ނުބައި މޭވާ އަޅާނީ ނުބައި ގަހެއްގައި. އެހެނީ ގަހުގެ ބާވަތް އެނގޭނީ އޭގެ މޭވާއިން.


ހަމައެފަދައިން، ދޮގު ނަބީންނަކީ ކޮބައިކަން އެމީހުންގެ އަމަލުތަކުން ތިޔަބައިމީހުންނަށް އެނގޭނެ.⁠“


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”⁠ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.⁠“ އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”⁠ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ވައްތީނި ގަހަކުން ޒައިތޫނި ލިބިދޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އަދި މޭބިސްކަދުރު ވެލަކުން ވައްތީނި ލިބިދޭނޭ ގޮތެއް ވެސް ނުވެއެވެ. ހަމައެފަދައިން ލޮނުފެނުގެ އާރަކުން މީރު ފެން ލިބިދޭނޭ ގޮތެއް ވެސް ހަމަ ނުވެއެވެ.


މުސްކުޅި ހަރުބަހެއްގައި އޮވޭ ނޫންތޯ ’⁠ނުބައި ކަންތައް ކުރެވޭނީ ނުބައިމީހުންގެ ކިބައިންނޭ⁠‘ އަޅުގަނޑު ކަލޭގެފާނަކަށް ދެރައެއް ނުދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ