މައްތާ 7:14 - ކިތާބުލް މުޤައްދަސާ14 ހަނި ދޮރާށިން ވަދެގެން ދާން ކިތަންމެ ހަންޏަކަސް، އުނދަގުލަކަސް ޙަޔާތާ ދިމާއަށް ދެވޭނީ އެ ދޮރާށިން. އެހެންނަމަވެސް އެދޮރާށި ހޯދާނީ މަދު ބަޔަކު.“ အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށާއި އަސްޙާބީންނަށް އެކަލޭގެފާނުގެ ކައިރިއަށް އައުމަށް ވިދާޅުވުމަށް ފަހު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންނަށް ތަބާ ވުމަށް އެދޭނަމަ އެމީހެއްގެ އަމިއްލަ އެދުންތަކާ މެދު ވިސްނުމުގެ ބަދަލުގައި ފުރާނަ ދޫކޮށްލުމަށް ތައްޔާރުގައި ވާންޖެހޭނެ. އެއީ ސަލީބެއްގައި އޮވެ ނިމިދިއުން ކަމުގައި ވިޔަސްމެ.
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“