މައްތާ 7:11 - ކިތާބުލް މުޤައްދަސާ11 ތިޔަބައިމީހުންނީ ނުބައި ބަޔަކު ކަމުގައި ވިޔަސް ތިޔަބައިމީހުންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޟްރަތުން އެދޭ މީހުންނަށް ރަނގަޅު ތަކެތި ކިހާ މިންވަރަކަށް ދެއްވާނެ!“ အခန်းကိုကြည့်ပါ။ |
އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.
ޙަޤީޤީ ލޯތްބަކީ މިއީއެވެ. ފަހަރެއްގައި ވެސް އަހަރެމެން މާތްކަލާނގެ އާއިމެދުގައި ލޮބުވެތިކަމާއެކުގައި ވާތީއެއް ނޫނެވެ. އެއީ އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އަދި މާތްކަލާނގެ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އެ ކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ވަނީ އަފޫކޮށްދެއްވާފައި އެވެ.