32 އެތަކެތީގެ ފަހަތުން ދަހިވެތިވެ ދުވަނީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން. ތިޔަބައިމީހުންނަށް އެ ހުރިހާ ތަކެއްޗެއް ބޭނުންވާ ކަން ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެންވޭ.
އެފަދަ މީހުން ފަދައިން ތިޔަބައިމީހުން ނުވޭ. އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު، ތިޔަބައިމީހުން އެދުމުގެ ކުރިން ތިޔަބައިމީހުންގެ ބޭނުންތައް ދެނެވޮޑިގެންވޭ.
އެއީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން ދަހިވެތިވެ ދުވަނީ އެތަކެތީގެ ފަހަތުން. ކަލޭމެންނަށް އެތަކެތި ބޭނުންވާ ކަން ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެން ވޭ.
މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.
މާތްރަސްކަލާނގެއީ އަހަރެންގެ ކަލާނގެއެވެ. އެކަލާނގެ ނިމުމެއް ނުވާ ޚަޒާނާއިން އީސާ އަލްމަސީޙުގެ ސަބަބުން ތިޔަބައިމީހުން އެދޭމިންވަރަށް ދެއްވާނެތެވެ.
މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ.