28 ފޭރާމާއި މެދު ތިޔަބައިމީހުން ކަންބޮޑުވަނީ ކީއްވެ؟ މާމެލާމެލި ހެދި ބޮޑުވެދާ ގޮތް ނިކަން ދެކިބަލަ. އެތަކެތި އަންނައުނު ވިޔެ ހެދުމުގައި ބުރަ މަސައްކަތެއް ނުކުރޭ.
އަދި ދަތުރަށް ޓަކައި އިތުރު އެއްވެސް އެއްޗެއް ނުގެންދާތި. ދަތުރު ދަބަހެއް ވިޔަސް ނޫނީ އިތުރު ހެދުމެއް ވިޔަސް، ނޫނީ ފައިވާނެއް ވިޔަސް ނޫނީ ހިނގާ މަގުގައި ބޭނުން ކުރާ އަސާއެއް ވިޔަސް ގެންގޮސްގެން ނުވާނެ. މަސައްކަތްތެރިންނަށް އެބައިމީހުންގެ ރޯދި ޙައްޤުވެގެން ވާނެ.
”އެހެންކަމުން، ތިޔަބައިމީހުންނަށް އަހަރެން ބުނަން. ދިރިހުރުމަށް ޓަކައި ބޭނުންވާނޭ ކެއުން ބުއިމާއި މެދު ކަންބޮޑުނުވޭ. ނޫނީ ހަށިގަނޑަށް ބޭނުންވާނޭ ފޭރާމާއި މެދު ވެސް ކަންބޮޑުނުވޭ. ކާނާއަށް ވުރެން ޙަޔާތުގެ މުހިންމުކަން ބޮޑު. އަދި ފޭރާމަށް ވުރެން ހަށިގަނޑުގެ މުހިންމުކަން ބޮޑު.
ތިޔަބައިމީހުންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެންމެ ގަޑިއެއްގެ އިރު ވެސް އެމީހެއްގެ ޙަޔާތަށް އިތުރު ކުރެވިދާނެ ތަ؟
އެހެންވީމާ ކާބޯތަކެތި ލިބޭނޭ ގޮތަކާއިމެދު، ނުވަތަ އަންނައުނު ހޯދާނޭ ގޮތަކާއިމެދު ތިޔަބައިމީހުން ފިކުރު ނުކުރޭ.
މާތްސާހިބާ ވިދާޅުވިއެވެ. ”މަރުތާ! މަގޭ ރަންކޮޅާ! ކަލޭ ތިޔަވަނީ އެތައް ކަމަކާއި މެދު ހާސްވެ ކަންބޮޑުވެފަ.
ދީނީ މަރުކަޒުތަކުގެ ވެރިންނާ އެހެން ވެސް މަތީ ވެރިންގެ ކުރިމައްޗަށް ކަލޭމެން ގެނެވޭ ދުވަހު ކަލޭމެންގެ ދިފާއުގައި ކުރާނެ ކަމަކާ މެދު ނުވަތަ ބުނާނެ ބަސްތަކާއި މެދު ބިރުނުގަންނާތި.
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ.
ވަލުތެރޭގައި މާތައް ހެދޭ ގޮތާއި މެދު ވިސްނާލަ ބަލަ. އެ މާތައް ބުރަ މަސައްކަތެއް ނުކުރޭ. އަދި ފޮތި ވިޔެއެއް ނަހަދާ. ނަމަވެސް އަހަރެން ބުނަން. ސުލައިމާނުގެފާނު އެކަލޭގެފާނުގެ އެންމެ އަގުބޮޑު ހެދުންކޮޅު ތުރުކުރެއްވިއަސް އޭގެން އެންމެ މަލެއްގެ ރީތި ކަމާއި ވެސް އެއްވަރު ނުވާނެ.
ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ދެގަނޑެތި އޮތްނަމަ އަތުގައި ލާނޭ އެއްޗެއް ނެތް މީހާ އަށް އޭގެން އެއްގަނޑެތި ދީ. އަދި އެމީހެއްގެ އަތުގައި ކާނެ އެއްޗެތި ވާ މީހާ އެ އެއްޗެތި ނެތް މީހަކަށް އެހީވޭ.“
ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.
ތިޔަބައިމީހުންގެ އެންމެހާ ފިކުރުތައް އެކަލާނގެއަށް ހުށަހަޅާށެވެ. ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި މެދު އަޅާލުން ބަހައްޓަވާކަމެވެ.