Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 6:23 - ކިތާބުލް މުޤައްދަސާ

23 އެކަމަކު ތިޔަބައިމީހުންގެ ލޯ ނުބައިނަމަ، ތިޔަބައިމީހުން ފުރިގެންވާނީ ފުން އަނދިރިކަމުން. ތިޔަބައިމީހުންގެ ކިބައިގައި ހުންނަން ޖެހޭ އަލިކަން ވާނީ ތިޔަބައިމީހުންގެ ކިބައިން ގެއްލި ގޮސްފައި. އަދި ތިޔަބައިމީހުންގެ ކިބައިގައި ހަމައެކަނި ވާނީ އަނދިރިކަން. އެ އަނދިރިކަން ވާނީ ނުހަނު ބޮޑު ފުން އަނދިރިކަމަކަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 6:23
22 ပူးပေါင်းရင်းမြစ်များ  

ތިމާ އަމިއްލައަށް ތިމާއަކީ މާ ވިސްނޭ މީހެއްކަމަށް ހީކޮށް ހުންނަ މީހާއަށް ވުރެން އެންމެ ގަމާރު މީހާ ވެސް މާ ބުއްދިވެރިއެވެ.


އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟⁠‘


ލޮލަކީ ހަށިގަނޑުގެ ބައްތި. ތިޔަބައިމީހުންގެ ލޯ ރަނގަޅު ކަމުގައި ވާނަމަ ތިޔަބައިމީހުންގެ ހަށިގަނޑަށް ފުރިހަމަ އަލިކަން ލިބިދޭނެ.


ކައިވެނީގައި ތެދުވެރި ނުވުން، ދަހިވެތިކަން، އަނިޔާވެރިކަން، ޚިޔާނާތްތެރިކަން، ވަޙުޝީ ނުބައި އަމަލުތައް ކުރުން، ޙަސަދަވެރިކަން، ބަދުނާމުކުރުން، ބޮޑާކަމާއި ކިބުރުވެރިކަން، ޖާހިލުކަން.


ކަލޭގެ ލޮލަކީ ކަލޭގެ ހަށިގަނޑުގެ ބައްތި. ކަލޭގެ ލޯ ރަނގަޅު ނަމަ ކަލޭގެ މުޅި މޫނު ވެސް އަލިވާނެ. ނަމަވެސް ކަލޭގެ ލޯ ނުބައި ނަމަ ކަލޭގެ މުޅި ހަށިގަނޑު ވެސް ވާނީ އަނދިރިކަމުގެ ތެރޭގަ.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘


އެބައިމީހުންގެ ވިސްނުން ވަނީ މުޅިން އަނދިރިވެފައެވެ. އެހެނީ އެބައިމީހުންގެ ގޮތްދޫނުކުރުމާއި ޖާހިލުކަމުގެ ސަބަބުން މާތްރަސްކަލާނގެ އެބައިމީހުންނަށް ދެއްވާ ޙަޔާތު އެބައިމީހުންނަށް ވަނީ ގެއްލެނި ވެގެންނެވެ.


މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.


އެހެނަސް އަހަރެމެން އަނެކުންގެ މައްޗަށް ނަފްރަތު ކުރާނަމަ އަހަރެމެންނަށް ޙަޔާތާއިގެން ކުރިއަށް އެދެވެނީ އަނދިރީގެ ތެރޭގައެވެ. އަހަރެމެންނަށް ދެވޭ ނުދެވޭ ތަނެއް ނޭނގި މަގުއޮޅިދެއެވެ. ސަބަބަކީ އަހަރެމެންގެ ލޮލަށް އަނދިރީގައި ނުފެންނަކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ