Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 6:19 - ކިތާބުލް މުޤައްދަސާ

19 ”⁠ތިޔަބައިމީހުންގެ ޚަޒާނާތައް މި ދުނިޔޭގައި ރައްކާތެރި ނުކުރޭ. ބަޅިނދުތައް އެ ކައި، އަދި އެ ތަކެތީގައި ދަބަރު ޖަހައި އެ ޚަޒާނާތައް ނެތިވެދާނެ. އަދި ވަގުން އައިސް އެ ޚަޒާނާތައް ހުރި ގުދަން ހަލާކު ކޮށްލުމަށް ފަހު ވަގަށް ނަގައިފާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 6:19
23 ပူးပေါင်းရင်းမြစ်များ  

ވައްކަން ކުރަން ގެއަކަށް ވަދެ އުޅެނިކޮށް، ވަގަކު އަތުލައިގަނެވި އެ ވަގުކަލޭގެ ގައިގައި ޖެހުމުން އޭނާ މަރުވިޔަސް މީހަކު މެރިކަމުގެ ކުށުން އެ މެރިމީހާ ކުށްވެރިއެއް ނުވާނެ.


މަރު އައިސް ޖެހުމުން ފައިސާގެ ބޭނުމެއް ނުފުދެއެވެ. ފުރާނަ ސަލާމަތްވަނީ ތެދުވެރިކަމުންނެވެ.


ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


ނަމަވެސް ތިޔަބައިމީހުން ސުވަރުގޭގައި އެ ޚަޒާނާތައް ރައްކާތެރި ކުރުމުން ބަޅިނދުތައް ކައި ނޫނީ ދަބަރު ޖަހައި އަދި ވަގުން އައިސް ހަލާކު ކޮށްލައި އެ ވަގަކަށް ނުގެންދެވޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހެއްގެ މިސާލަކީ ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ދުނިޔެވީ މުދާތައް އެއްކޮށް މުއްސަނދި ވި ނަމަވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީ އެއްވެސް އެއްޗެއްނެތް ފަޤީރަކު ފަދައިން ވާ މީހެއްގެ މިސާލު.⁠“


ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.


ގޭގެ ވެރިމީހާއަށް ވަގަކު ގެއަށް އަންނާނެ ވަގުތު އެނގޭ ނަމަ، ހަމަ ޔަޤީނުން ވެސް ގެ ތަޅުނުލާ ވަގަށް ވަދެވޭ ގޮތަކަށް ނުބަހައްޓާނެ.


އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަގީރުންނަށް ދީ. އޭރުން ސުވަރުގޭގައި ކަލެއަށްޓަކައި ޚަޒާނާއެއް ވާނެ. ދެން އެއަށް ފަހު އަހަރެންނާއި އެކު ދާން އާދޭ.⁠“


އީސާގެފާނު އޭނާއަށް ބައްލަވާ ވިދާޅުވިއެވެ. ”⁠މުއްސަނދިންނަށް މާތްރަސްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން އެނގިހުރިމެ އެކަލާނގެ ޙަޟްރަތަށް އައުން ވަރަށް ދަތިކަމަކަށް ވޭ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ