މައްތާ 6:18 - ކިތާބުލް މުޤައްދަސާ18 އޭރުން ތިޔަބައިމީހުން ތިބީ ރޯދައަށް ކަން އަނެކުންނަށް ނޭނގޭނެ. ނަމަވެސް ވަންހަނާގައި ތިޔަބައިމީހުން ކުރި އަމަލުތައް ވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ދެނެވޮޑިގެންވާނެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ޘަވާބު ދެއްވާނެ.“ အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.