Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 6:16 - ކިތާބުލް މުޤައްދަސާ

16 ”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 6:16
25 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެކުއްޖާ ފަސޭހަކުރެއްވުން އެދި މާތްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެކަލޭގެފާނު ކާއެއްޗެއް ފަރީއެއް ނުކުޅުއްވައެވެ. ގެޔަށް ވަޑައިގެން މުޅި ރޭގަނޑު ބިންމަތީގައި އޮންނަވަނީއެވެ.


ދާއޫދުގެފާނުގެ އަރިހުބޭކަލުން ދެންނެވިއެވެ. ”⁠ދަރިފުޅު ދިރިއޮތްވާ ކަލޭގެފާނު ފަރީއްކުޅުއްވަން އިންކާރު ކުރައްވައި ކީރިތި ކުރެއްވީ. އެކަމަކު ދަރިފުޅު ނިޔާވީމާ ކަލޭގެފާނު ތެދުވެ ވަޑައިގެން ތިޔަ ފަރީއްކުޅުއްވަނީ ކީއްވެތޯ؟⁠“


”⁠ތިޔަބައިމީހުން ހެޔޮ އަމަލުތައް ކުރުމުގައި ވާހިނދު، ދެއްކުންތެރި ގޮތުގައި އެފަދަ އަމަލުތައް ކުރުމަށް މަސައްކަތް ނުކުރޭ. އެހެނީ އެފަދަ އަމަލުތައް ކުރުމުން އުޑުގައި ވޮޑިގެންވާ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުން ޘަވާބެއް ނުލިބޭނެ.


ފަޤީރަކަށް ހޭދައެއް ކޮށްފިނަމަ، މުނާފިޤުން ފަދައިން އަމަލުނުކުރޭ. ދީނީ މަރުކަޒު ތަކުގައްޔާއި މަގުތަކުގެ ހަތަރުއަނގޮޅި ކަން މަތީގައި އެބައިމީހުން އަޑުގަދަކޮށް ތާޅަފިލި ފުމެ ހަދާ. އެއީ މީސްތަކުންނަށް އެބައިމީހުން ފެނި އެބައިމީހުންނަށް ހުޝާމަދު ކުރުވުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން. އެބައިމީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުން އެއްވެސް ޘަވާބެއް ނުލިބޭނެ.


”⁠ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މުނާފިޤުން ފަދައިން ނުވޭ. އެބައިމީހުން ލޯބިކުރާނީ ދީނީ މަރުކަޒުތަކުގައްޔާއި އަދި މަގުމަތީގައި ވާ ހަތަރު އަނގޮޅިތަކުގެ ކަން މަތީގައި ކޮއްޅަށް ތިބެ ދުޢާ ކުރަން. އެބައިމީހުން މިފަދައިން އަމަލު ކުރަނީ ބޭރުފުށުން އެބައިމީހުންގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކެއް ކަމުގައި ދެއްކުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.


ޔަޙުޔާގެފާނަށް ތަބާވެގެންވީ މީހުންނާއި ފަރީސީ މަޒުހަބު މީހުން ރޯދަހިފައި އުޅުނެވެ. މީހުން އީސާގެފާނު ކުރެން އެއްސެވެ. ”⁠ބައެއް މުނާސަބަތުތަކުގައި ޔަޙުޔާގެފާނަށް ތަބާވެގެންވީ މީހުންނާއި ފަރީސީން ވެސް ރޯދަ ހިފާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟⁠“


މި އަޅާ ހަފްތާއަކު ދެދުވަހު ރޯދަ ހިފަމޭ. އަދި މިއަޅާއަށް ލިބޭ އާމްދަނީގެ ދިހަބައި ކުޅަ އެއްބައިން ސަދަޤާތް ވެސް ދެމޭ.⁠‘


އޭނާގެ ފިރިމީހާ މަރުވިއެވެ. މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ. އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ. އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ.


ކޮރުނޭލިޔުސް ބުންޏެވެ. ”⁠މީގެ ހަތަރު ދުވަސް ކުރިން އަހަރެން މެންދުރުފަހު ތިނެއް ޖަހާ ކަންހާއިރު އަހަރެންގެ ގޭގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަށް އިނީން. އެހެން އިންދާ ކުއްލިއަކަށް އަހަންނަށް ފެނުނީ ވިދާ ހެދުމަކުން ހެދުން އަޅައިގެންހުރި މީހަކު އަހަރެންގެ ކުރިމަތީގައި ހުއްޓާ.


ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ