15 އެކަމަކު އަނެކުންނަށް ތިޔަބައިމީހުން މަޢާފު ނުކުރާނަމަ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ފާފަތައް ވެސް ޢަފޫއެއް ނުކުރައްވާނެ.“
ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.“
މާތްރަސްކަލާނގެ ބަރަކާތް ހުރީ ރަޙުމް ކުރާ މީހުންނަށް. އެހެނީ އެފަދަމީހުންނަށް އެކަލާނގެ ރަޙުމަތްލައްވާނެ.
އަނެކުންގެ ކުށްތަކަށް ތިޔަބައިމީހުން މަޢާފްކޮށްފި ނަމަ، އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ކުށްތައް ވެސް ޢަފޫ ކޮށްދެއްވާނެ.
ތިޔަބައިމީހުން އެހެން މީހުންގެ ކުށްތަކަށް މަޢާފު ނުދޭނަމަ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ވެސް ތިޔަބައިމީހުންގެ ފާފަތައް ޢަފޫ ނުކުރައްވާނެ.“