Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 6:13 - ކިތާބުލް މުޤައްދަސާ

13 އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 6:13
57 ပူးပေါင်းရင်းမြစ်များ  

މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އިބްރާހީމް.⁠“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.⁠“


މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެއަކީ ދާއިމަށް ދިރި ދެމިވޮޑިގެންވާ ރަސްގެފާނު!⁠“


ފުރަތަމަ ކަމަކީ ދޮގެއް ހެދުމަށް މިއަޅާއަށް މެދުވެރި ނުކުރައްވާފާނދޭވެ. ދެވަނަކަމަކީ މިއަޅާ ފަގީރު ނުކުރައްވާނދޭވެ! އަދި މުއްސަނދިވެސް ނުކުރައްވާނދޭވެ! މިއަޅާއަށް ކިރިޔާ ބޭނުންތައް ފުދޭވަރަށް ދެއްވާފާނދޭވެ!


ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވަނީ ބަލިކަށިވެގެން.⁠“


ވަޢުދެއް ކުރާނަމަ، ’⁠އާނއެކޭ⁠‘ ނުވަތަ ’⁠ނޫނެކޭ⁠‘ މިވަރު ބުނެލާ! މި ނޫން ވަރެއް ކުރާނަމަ އެއީ ޝައިތާނާގެ ކަމެއް.⁠“


އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވައިފާނދޭވެ! ސުވަރުގޭގެ އަހުލުވެރިން އިނބަރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރިވާ ފަދައިން މި ދުނިޔޭގެ މީސްތަކުން ވެސް ކިޔަމަންތެރިވާނެ ފަދައިން ހިންމަވާފާނދޭވެ.


އަޅުގަނޑު މިއެދެނީ އެމީހުން މިދުނިޔެއިން ގެންދެވުމަކަށް ނޫން. އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ނުބައި ބާރު ކަމުގައިވާ ޝައިތާނާގެ ބާރުން އެމީހުން ސަލާމަތްކޮށް ބަލަހައްޓަވާ ދެއްވުން އެދި.


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.


ނަމަވެސް މާތްސާހިބާ އަކީ ވަފާތެރި ފަރާތެވެ. އަދި ތިޔަބައިމީހުންނަށް ބާރުދެއްވައި ޝައިތާނާގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ދެއްވާނެއެވެ.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


އަނެއް ބަޔަކަށް މަލާމާތް ރައްދު ކުރެވި ހަންމުށިތަކުން ތެޅެވި އަނެއް ބަޔަކު ޗޭނުޖެހި ހުރަގެތަކަށް ގެންދެވުނެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


މިކަންތައްތައް ދައްކައިދެނީ ސާލިޙު ގޮތުގައިވާ ފަރާތްތަކަށް ކުރިމަތިވާނެ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިންސާފު ކުރައްވާ ދުވަހުން ފާޙިޝް އަމަލުތަކުގައި ވާ ފަރާތްތަކަށް ޢުޤޫބާތް ދެއްވުމުގައި ސާހިބުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ.


ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


މިކަންތައްތަކަށް ފަހު، ސުވަރުގޭގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ހަރުއަޑުން މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! ދިންނެވުމާއި ޖަލާލަތުކަމާއި ބާރު މިލްކުވެ ވޮޑިގެންވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ!


މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”⁠އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!⁠“


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


އެބައިމީހުންގެ ލޮލުން ފައިބާނެ އެންމެހާ ކަރުނަތައް އެކަލާނގެ ފޮހެދެއްވާނެ. ކުރިމަގުގައި މަރުވުމެއް، ހިތާމައެއް، ރުއިމެއް އަދި ވޭންދެނިވި އެއްވެސް ކަމެއް ނުވާނެ. ކުރީގެ ހުރިހާ ކަމެއް ވަނީ ނެތިގޮސްފައި.⁠“


އަހަރެން ތިޔަބައިމީހުން ކެތްތެރިވެ ދެމިތިބުމަށް ކުރި އަމުރުގައި ތިޔަބައިމީހުން ހިފަހައްޓައި ތިބުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތުގައި އެ މުސީބާތުން އަހަރެން ތިޔަބައިމީހުން ސަލާމަތް ކޮށްދޭނަން.


”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.


އުޑާއި ބިމާއި ކަނޑާއި މި ދުނިޔޭގެ ބިމުގެ ދަށުގައި ވާހައި މަޚުލޫގުން ސަނާ ކިޔަމުން ދިޔަ އަޑު އަހަރެން އެހީމެވެ. ”⁠ތަޚުތުކޮޅުގައި އިށީނދެ ވަޑައިގެން އިންނެވި ރަސްކަލާނގެ ކިބަފުޅަށާއި އަދި ޅަކަންބަޅިއަށް ޙަމްދާއި ގަދަރާއި ޖަލާލަތާއި އަދި ބާރު ދާއިމަށް ދެމިގެންވޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ