މައްތާ 5:9 - ކިތާބުލް މުޤައްދަސާ9 މާތްރަސްކަލާނގެ ބަރަކާތް ހުރީ ސުލްޙަކުރުވާ މީހުންނަށް. އެހެނީ މާތްރަސްކަލާނގެ އެކަލާނގެ ދަރިންގެ ގޮތުގައި އެފަދަމީހުންނާއި މުޚާތަބު ކުރައްވާނެ. အခန်းကိုကြည့်ပါ။ |
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
އަނެއްދުވަހު ބަނީއިސްރާއީލުގެ ދެމީހަކު އެކަކު އަނެކަކާ ޒުވާބުކޮށް ތަޅާ ފޮޅަނިކޮށް މޫސާގެފާނު ދެކެވަޑައިގަތް. އެ ހިނދު އެދެމީހުން ސުލްޙަ ކުރެއްވުމަށްޓަކައި މޫސާގެފާނު ވިދާޅުވި. ’އޭ ބަލަ ކަލޭމެން ދެމީހުން ތިޔައީ ދެ އަޚުންނެއް ނޫން ހޭ؟ ވީއިރު ކަލޭމެން ދެމީހުން ތިޔަ ހާ ނުބައިކޮށް އެކަކު އަނެކަކާ ދޭތެރޭ ތިޔަ ކަން ކުރަނީ ކީއްވެ ހޭ؟‘