Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 5:6 - ކިތާބުލް މުޤައްދަސާ

6 މާތްރަސްކަލާނގެ ބަރަކާތް ހުރީ ކެއުން ބުއިމަށް ހައިވެ ކަރުހިއްކާފައިވާ ފަދައިން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް އަމަލު ކުރުމަށް އެދޭ މީހުންނަށް. އެހެނީ އެފަދަމީހުން އެދޭ އެދުންތައް ފުރިހަމަވެ ހާސިލުވެގެން ދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 5:6
29 ပူးပေါင်းရင်းမြစ်များ  

ނުބައިމީހާ އެންމެ ބިރުގަންނަ ކަންތައް އޭނާއާ ކުރިމަތި ވާނެއެވެ. އެކަމަކު ހެޔޮމީހާއަށް އޭނާ އެދޭ ރަނގަޅު ކަންތައް ފަހިވެގެން އަންނާނެއެވެ.


ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ.


މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައިޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ.


ކަލޭމެންގެ ތެރެއިން ބަނޑުހައި ހޫނު ކަމުގައި ތިބި މީހުންނަށް ބަރަކާތް ހުރި. ކަލޭމެންގެ ހިތް ފުރެންދެން ލިބޭނެ. ކަލޭމެންގެ ތެރެއިން ހިތާމަކުރާ މީހުންނަށް ބަރަކާތް ހުރި. އަދި ކަލޭމެން އުފާކުރާނެ.


ކަލޭމެންގެ ތެރެއިން ރަނގަޅަށް ކާން ލިބި ބަނޑުފުރިފައިވާ މީހުންނަށް ހިތާމަ ހުރި. އެއީ އެމީހުން ވާނީ ބަނޑުހައި ހޫނުކަން މަތީގަ. އަދި މިއަދު ހީ އުފާކުރާ މީހުންގެ މައްޗަށް ހިތާމަ ހުރި. އެއީ ފަހުން އެމީހުން ހިތާމަކޮށް ކަރުނަ އަޅަން ޖެހޭނެތީ.


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


އެ ޢީދުގެ އެންމެ ފަހު އަދި އެންމެ މުހިންމު ދުވަހު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އިންނަވާފައި އެންމެންގެ މެދަށް ކޮޅަށް ތެދުވެ ވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ. ”⁠ފެން ބޮވައިގެންފައިވާ މީހަކު ވާނަމަ އެމީހަކު އަހަރެންގެ ގާތަށް އައިސް ފެން ބޮއެ!


އިތުރަށް އެބައިމީހުން ހައިހޫނުކަމުގައި ނުވާނެ. ނުވަތަ ކަރުހިއްކުމެއް ނުވަތަ އިރުގެ ހޫނުކަމެއް ނުވަތަ އެހެން ހޫނު ކަމަކުން އެބައިމީހުން އަނދައިގެން ނުދާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ