Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 5:5 - ކިތާބުލް މުޤައްދަސާ

5 މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތްތިރި މަޑު މައިތިރި މީހުންނަށް. އެހެނީ މުޅި ދުނިޔެ އެ ފަދަ މީހުންނަށް ލިބިދޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 5:5
30 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ.


”⁠ބަނީއިސްރާއީލުގެ އަހުލުވެރިންނަށް ބުނާށެވެ. ’⁠ނިކަން ބަލާލަބަލަ! ތިޔަބައިމީހުންގެ ރަސްގެފާނު ތިޔަބައިމީހުންގެ ކައިރިއަށް އެވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާއިއެކުގައި އެވެ. އަދި ދުއްވަމުން ދާނީ ހިމާރެކެވެ. ހަމައެހެންމެ ހިމާރެއްގެ ޅަ އެއްޗެއް ވެސް މެއެވެ.⁠‘⁠“


ކެތްތެރިކަމާއި އަމިއްލަ ނަފްސުގެ ހިފެހެއްޓުންތެރިކަން، މިކަންތައްތަކާ ދެކޮޅަށް އޮތް އެއްވެސް ގަވާއިދެއް އަމުރުފުޅެއް ނެތެވެ.


އަބަދުވެސް ހިތްތިރިކަމާ، މަޑުމައިތިރިކަމާ އަދި ކެތްތެރިކަމުގައި، އަނެކުންނަށް ރުހެވިގެންވާ ބައެއްގެ ގޮތުގައިވެ، އެކަކު އަނެކަކާ މެދު ލޮބުވެތިކަމާއެކުގައި ވާށެވެ.


ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.


ތިމޮތީއެވެ. ތިބާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެއަށެވެ. މިފަދަ ހުރިހާ ޝައިތާނީ ކަންތައްތަކާއި ދުރުހެލިވާށެވެ. އަދި ރަނގަޅު ސާލިޙު ކަންތައްތަކައިގެން އެކަލާނގެ ރުއްސަވާ ގޮތުގައި އުޅޭށެވެ. އެކަލާނގެ މަގުގައި އީމާންތެރިކަމާއި މަޑުމައިތިރިކަމާއި ލޯތްބާއެކު ފުރިހަމައަށް ސާބިތުވެ ހުންނާށެވެ.


ދެކޮޅުވެރިން އިސްލާޙު ކުރުމަށް މަޑުމައިތިރި ކަމާއެކު އުނގަންނައިދޭށެވެ. އެއީ މާތްރަސްކަލާނގެ އެފަދަ މީހުންނަށް ތެދު ޙަޤީޤަތް ފެންނާނެ ފަދައިން ވުމަށް އެމީހުންނަށް ތައުބާވުމުގެ ފުރުސަތު ދެއްވާފާނެ ކަމުގެ އުންމީދުގައެވެ.


އެމީހުން ނެތިމޮށުމުންނާއި ދެބަސްވުންތަކުން ދުރުވެގެން ވާންޖެހޭނެއެވެ. އިޚުލާސްތެރި ހިތްތިރިކަމަކާއެކު އެންމެންނާއި މެދުގައި ވާންޖެހޭނެއެވެ.


އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ.


ކަލޭމެންގެ ތެރޭގައި ބުއްދިވެރި ނޫނީ ވިސްނޭ މީހަކު ވޭހެއްޔެވެ؟ އެހެންވީއިރު އެމީހެއްގެ ހެޔޮ ދިރިއުޅުމުގައި ހިތްތިރިކަމާއެކު އެކަން ސާބިތު ކޮށްދީބަލާށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވިސްނާށެވެ.


އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙާއި މެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ.


ތިޔަބައިމީހުން ދެނެގަންނަންވީ ފުރިހަމަ ރީތިކަމެއް ގެނެސްދެނީ އެކަމެއްގެ ތެރެއިން ފަނޑުވެގެން ނުދާފަދަ ގޮތެއްގައި މަޑުމައިތިރި މިޒާޖުގެ ތެރެއިން ކަމެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި އަގުބޮޑު ކަމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ