މައްތާ 5:48 - ކިތާބުލް މުޤައްދަސާ48 ނަމަވެސް ތިޔަބައިމީހުން ވާންޖެހޭނީ ފުރިހަމަ ބައެއްގެ ގޮތުގައި. އެހެނީ ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ފުރިހަމަކަމާއި އެއްގޮތަށް.“ အခန်းကိုကြည့်ပါ။ |
އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.