42 މީހަކު ތިބާގެ ކިބައިން އެއްޗަކަށް އެދެފިނަމަ އެ އެއްޗެއް އެމީހަކަށް ދީ. މީހަކު ތިބާގެ އަތުން އަނބުރާ ދެއްކުމަށް އެއްޗެއް ނަގަން އެދޭނަމަ އެކަމަކަށް ފުރަގަސް ނުދީ.“
ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.
ކަންނެތް މީހުން އަބަދުވެސް ތަކެއްޗަށް ދަހިވެތިވެއެވެ. އެކަމަކު ހެޔޮމީހުން ބޭނުންވަނީ ތަކެތި ދިނުމަށެވެ.
މީހަކު އޭނާ އާއި އެކުގައި މޭލެއްގެ ދުރުމިނަށް ތިބާ ދިއުމަށް މަޖުބޫރު ކޮށްފިނަމަ ދެމޭލުގެ ދުރުމިނަށް އޭނާ އާއި އެކުގައި ދޭ.
ކަލޭމެން ދަހިވެތިކަމާއި އެކު ތިޔަ ރައްކާކޮށްފައިވާ ތަކެތި ފަގީރުންނަށް ދީ. އޭރުން ކަލޭމެންގެ އެތެރެފުށާއި ބޭރުފުށް ވެސް ސާފުވާނެ.
އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.
މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ.
މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.