މައްތާ 5:4 - ކިތާބުލް މުޤައްދަސާ4 މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތުގެ ވޭނުގައި ރޯން ތިބި މީހުންނަށް. އެހެނީ އެކަލާނގެ އެފަދަ މީހުންގެ ހިތްހަމަ ޖައްސަވައިދެއްވާނެ. အခန်းကိုကြည့်ပါ။ |
މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ.