މައްތާ 5:39 - ކިތާބުލް މުޤައްދަސާ39 ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ނުބައި މީހަކާއި ދެކޮޅަށް ބަދަލު ނުހިފާ. ތިބާގެ ކަނާތު ކަންކަށީގައި މީހަކު ޖަހައިފިނަމަ، ތިބާގެ ވާތްފަރާތު ކަންކަށީގައި ޖެހުމަށް ވެސް އޭނާއަށް ދައްކާ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.