Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 5:37 - ކިތާބުލް މުޤައްދަސާ

37 ވަޢުދެއް ކުރާނަމަ، ’⁠އާނއެކޭ⁠‘ ނުވަތަ ’⁠ނޫނެކޭ⁠‘ މިވަރު ބުނެލާ! މި ނޫން ވަރެއް ކުރާނަމަ އެއީ ޝައިތާނާގެ ކަމެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 5:37
17 ပူးပေါင်းရင်းမြစ်များ  

މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް.


ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން.


އެއީ ތިމާގެ ވިސްނުމުގައިވާ ނުބައި ޚިޔާލުތަކާއި، މީހުން މެރުމާއި، ޒިނޭ ކުރުމާއި، ޖިންސީ ފާފަވެރިކަމާއި، ވައްކަންކުރުމާއި، ދޮގު ހެދުމާއި، އަދި ބަދުނާމުކުރުން.


ތިބާގެ ބޮލަށް އިޝާރާތްކޮށް ގަންދީ ހުވައި ނުކުރޭ. ސަބަބަކީ ތިބާގެ ބޮލުގައިވާ އިސްތަށި ކަޅުކޮށް ބަހައްޓަން އަދި ނުރަ ޖެހިޔަ ނުދިނުމަށް ތިބާއަށް ކުރެވޭނެ އެއްވެސް ކަމެއް ނުވޭ.


އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


އަޅުގަނޑު މިއެދެނީ އެމީހުން މިދުނިޔެއިން ގެންދެވުމަކަށް ނޫން. އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ނުބައި ބާރު ކަމުގައިވާ ޝައިތާނާގެ ބާރުން އެމީހުން ސަލާމަތްކޮށް ބަލަހައްޓަވާ ދެއްވުން އެދި.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ.


މީގެ އިތުރުން އެންމެހާ ވަގުތުތަކުގައި އީމާންތެރިކަން އައްޑަނައިގެ ގޮތުގައި އުފުލާށެވެ. ޝައިތާނާ ދެމުންގެންދާ އަލިފާން ތީރުގެ ކޮންމެ ޙަމަލާއެއް ދިފާޢުކުރުމުގެ ކުޅަދާނަކަން އެ އައްޑަނައިން ލިބިދޭނެއެވެ.


އެކަކު އަނެކަކަށް ދޮގު ނަހަދާށެވެ. އެހެނީ ތިބައިމީހުންގެ ފާފަވެރި ތަބީޢަތުގައި ހުރި ހުރިހާ ނޭދެވޭ ކަންތަކެއް މިހާރު ތިޔަބައި މީހުން ވަނީ ކަނޑައި އެއްލާލާފައެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


ނަމަވެސް މާތްސާހިބާ އަކީ ވަފާތެރި ފަރާތެވެ. އަދި ތިޔަބައިމީހުންނަށް ބާރުދެއްވައި ޝައިތާނާގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ދެއްވާނެއެވެ.


މަގޭ އަޚުންނާއި އުޚުތުންނޭވެ! މިބަޔާންވެ ދިޔަ އެންމެހާ ކަންތައްތަކުގެ އިތުރުން އަހަރެން ބުނަމެވެ. ދުނިޔެއާއި ސުވަރުގެ ގަންދީ ހުވާ ކޮށްގެންނުވާނެއެވެ. އަދި އެކައްޗެއް ގަންދީ ވެސް ހުވައިކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހަމައެކަނި އާނއެކޭ ނުވަތަ ނޫނެކޭ ބުނެ އެގޮތްމަތީ ދެމިހުންނާށެވެ. މިގޮތުގައި ކަލޭމެން އަމަލު ނުކޮށްފިނަމަ މާތްރަސްކަލާނގެ ޙަޟްރަތުގައި ކަލޭމެން ކުށްވެރިވާނެއެވެ.


ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ. ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ. އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ.


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


މާތްކަލާނގެ ދަރިން ފާފަ ކުރުންމަތީ ދެމިނުތިބޭނެކަން އަހަރެމެންނަށް އެނގެއެވެ. އެހެނީ މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު އެމީހުން އެކަންތަކުން ރައްކާތެރި ކުރައްވާނެއެވެ. އަދި ޝައިތާނާއަށް އެމީހުންގެ މައްޗަށް ބާރުފޯރުވައި ގެއްލުމެއް ނުކުރެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ