36 ތިބާގެ ބޮލަށް އިޝާރާތްކޮށް ގަންދީ ހުވައި ނުކުރޭ. ސަބަބަކީ ތިބާގެ ބޮލުގައިވާ އިސްތަށި ކަޅުކޮށް ބަހައްޓަން އަދި ނުރަ ޖެހިޔަ ނުދިނުމަށް ތިބާއަށް ކުރެވޭނެ އެއްވެސް ކަމެއް ނުވޭ.
ދުނިޔެ ގަންދީ ވެސް ހުވާ ކޮށްގެން ނުވާނެ. ސަބަބަކީ ދުނިޔެ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް. ޖެރޫސަލަމް ގަންދީ ވެސް ހުވާ ކޮށްގެންނުވާނެ. އެހެނީ އެއީ މަތިވެރި ރަސްގެފާނަށް (މާތްރަސްކަލާނގެ ކިބަފުޅަށް) މިލްކުވެގެންވާ ރަށް.
ވަޢުދެއް ކުރާނަމަ، ’އާނއެކޭ‘ ނުވަތަ ’ނޫނެކޭ‘ މިވަރު ބުނެލާ! މި ނޫން ވަރެއް ކުރާނަމަ އެއީ ޝައިތާނާގެ ކަމެއް.“
ތިޔަބައިމީހުންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެންމެ ގަޑިއެއްގެ އިރު ވެސް އެމީހެއްގެ ޙަޔާތަށް އިތުރު ކުރެވިދާނެ ތަ؟
ކަލޭމެންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ފިކުރުކޮށް ކަންބޮޑުވުމުގެ ސަބަބުން އެންމެ ދުވަހެއް ވެސް އެމީހެއްގެ ދިރިއުޅުމަށް އިތުރު ކުރެވިދާނެ ތަ؟