Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 5:29 - ކިތާބުލް މުޤައްދަސާ

29 ވީއިރު ތިބާއަށް އެ ފާފަ ކުރުވަން މެދުވެރިވީ ތިބާގެ ކަނާތު ލޯ ނަމަ އެ ލޯ ނަގައި އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކަޔަށް ހުށަހެޅި ދިއުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 5:29
22 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


އަދި އަހަރެން މިކުރާ ކަންތަކުގެ ސަބަބުން އަހަރެން ދެކެ ނުރުހުންތެރިކަމެއް ނުވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.⁠“


މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟


ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.⁠“


ބައެއް ފިރިހެނުން ކައިވެނި ނުކޮށް ތިބުމުގައި ތަފާތު ސަބަބުތަކެއްވޭ. ބައެއް މީހުން އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރޭ. އަދި ހޯޖާ ކޮށްފައިވާ ބަޔަކު ވެސް އުޅޭ. ނަމަވެސް ބައެއް މީހުން އެބައިމީހުންގެ ޖިންސީ އެދުންތަކުން އެއްކިބާވެތިބެ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ޚިދުމަތް ކުރުމުގައި ދެމިތިބޭ. މިފަދައިން އަމަލު ކުރުމުގެ ގާބިލުކަން ހުރި މީހަކުނަމަ މިގޮތުގައި ދެމި ތިބޭ.⁠“


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެން އެއްގަމާ ކަނޑު ހުރަސްކޮށް އެންމެ މީހަކު ދީނަށް ވެއްދުމަށްޓަކާއި ދޭ، އަދި ކަލޭމެން އެކަން ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ކަލޭމެން އެމީހާ ނަރަކަޔަށް ފޮނުއްވުމުގެ މަގު ކަލޭމެންނަށް ވުރެ ދެގުނައަށް އިތުރުކުރޭ.


ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


ތިބާގެ ކަނާތުން ފާފައަށް އަރައިގެންފިނަމަ، އެ އަތް ބުރިކޮށް އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކައިގައި ވުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.⁠“


މީހަކުގެ ޙަޔާތް ގެއްލިއްޖެ ނަމަ މުޅި މި ދުނިޔެއިން އޭނާއަށް ޙާސިލުވާނެ އެއްޗެއް އޮންނާނެތަ؟ ހަމަ ޔަޤީނުން ވެސް ނުއޮންނާނެ!


ބިރުގަންނަންވީ މާތްރަސްކަލާނގެ ކިބަފުޅަށް. އެއީ އެކަލާނގެ ކިބަފުޅަށް ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި ކަލޭމެންގެ ހަށިގަނޑު ނެތިކޮށްލުމެއް ނޫން. ކަލޭމެން މަރުވުމަށް ފަހު ކަލޭމެން ނަރަކައަށް ލުމުގެ ބާރުފުޅު ވެސް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ. ހަމަކަށަވަރުން ވެސް ބިރުގަންނަންވީ ފަރާތަކީ ހަމައެކަނި އެކަލާނގެ.


އީސާގެފާނަށް އީމާންވީ މީހުން އެމީހުންގެ ކިބައިގައި ހުރި އަމިއްލަ ނަފްސުގެ ބޭނުންތަކާ އެދުންތައްފަދަ ކަންތައް ސަލީބަށް އަރުވައި މަރާލައިފިއެވެ.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ