27 ”މިފަދައިން ވަޙީކުރެއްވިކަން ތިޔަބައިމީހުން ވާނީ އަޑު އަހާފަ. ’ޒިނޭ ނުކުރާށޭ.‘
ކަލޭމެން ޒިނޭނުކުރާތި.
ޒިނޭ ކުރާ މީހާ ހާދަ މޮޔައެވެ. އޭނާ އެހަލާކު ކޮށްލަނީ އޭނާގެ އަމިއްލަ ދިރިއުޅުމެވެ.
”ތިޔަބައިމީހުންގެ ކާބަފައިންނަށް މިފަދައިން ބުނެވިފައިވާ އަޑު ތިޔަބައި މީހުންނަށް ވާނީ އަޑުއިވިފައެވެ. ’މީހުން ނުމަރާށޭ. އެއްވެސް މީހަކު މަރައިފި މީހަކު ނަމަ އަދާލަތުގެ ކުރިމަތީ ޖަވާބުދާރީ ވާން ޖެހޭނެޔޭ.‘
”’ހުވައެއް އުވާނުލުމަށާއި އަދި ތިބާ މާތްރަސްކަލާނގެ ކިބަފުޅަށް ވަޢުދެއް ކޮށްފިނަމަ އެ ވަޢުދެއް ދަމަހައްޓާށޭ.‘ ތިޔަބައިމީހުންގެ ކާބަފައިންނަށް ބުނެވިފައިވާ ވާހަކަ އަޑުއަހައިފައިވާނެމެ.
”’ލޮލަކަށް ލޮލެކޭ އަދި ދަތަކަށް ދަތެކޭ‘ މިފަދައިން ވަޙީކުރެއްވިކަން ތިޔަބައިމީހުން ވާނީ އަޑު އަހާފަ.
”މިހެން ބުނާއަޑު ތިޔަބައިމީހުންނަށް ވެސް އިވިފައިވާނެ. ’ތިބާގެ އަވަށްޓެރިން ދެކެ ލޯބިވާށޭ އަދި ތިބާގެ ޢަދާވާތްތެރިން ދެކެ ނަފްރަތު ކުރާށޭ.‘