Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 5:22 - ކިތާބުލް މުޤައްދަސާ

22 އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 5:22
93 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނުދެކެ ނުހަނު ނަފްރަތު ކުރެއެވެ. ސަބަބަކީ އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ ދަރިކަލުންނަކީ އެކަލޭގެފާނު ކަމުގައި ވުމުންނެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޚުން ހެޔޮބަހެއް އެކަލޭގެފާނާއިމެދު ބުނުމުގެ ބަދަލުގައި ހަރުކަށިކޮށް މުޚާތަބު ކުރޭމެއެވެ.


އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ރައްދު ދެއްވިއެވެ. ”⁠ކަލޭ ހީކުރަމުން ތިޔަގެންދަނީ ކަލޭތީ އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްގެފާނު ކަމަށްތަ!⁠“ އެހެންވީމާ، އެކަލޭގެފާނުގެ އަޚުން އިހުނަށް ވުރެން ވެސް ބޮޑަށް އެކަލޭގެފާނުދެކެ ނަފްރަތު ކުރިއެވެ. އެއީ ހަމައެކަނި އެ ހުވަފެންފުޅު އެކަލޭގެފާނު ވިދާޅުވެ ދެއްވުމަކުން ނުމެ ނޫންމެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނަށް ވިދާޅުވެވުމާއި އެކުގައި ވެސް މެއެވެ.


ޝިމްޢީ ދާއޫދުގެފާނަށް ބަދު ބަސްތައް ގޮވަމުން ދިޔައެވެ. އޭނާ ބުންޏެވެ. ”⁠މިރަށުން ފައިބައިގެން ދޭ! ދުރަށްދޭ! ކަލޭ ތިޔައީ ނުބައި މީހެއް. ކަލޭ ތީ މީހުން މަރާމީހެއް.


އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”⁠އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟⁠“


ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.


މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.


މީހުންނާއި މެދު ސަމާލުވޭ. ސަބަބަކީ އެބައިމީހުން ތިޔަބައިމީހުން ހައްޔަރުކޮށް ކޯޓަށް ގެންދާނެ. އަދި އެބައިމީހުންގެ ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ޗާބޫކުން ތަޅާނެ.


ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”⁠އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“


ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


އެ ވަގުތު ޕަތަރަސް އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުގެ އަޚާ އަޅުގަނޑާމެދު ފާފަވެރިވެއްޖެނަމަ، އެ އަޚާއަށް އަޅުގަނޑު މަޢާފް ކުރަންވީ ކިތައް ފަހަރުތޯ؟ އަޅުގަނޑު ހަތްފަހަރު ވެސް މަޢާފު ކުރަންވީ ތޯ؟⁠“


ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.⁠“


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެން އެއްގަމާ ކަނޑު ހުރަސްކޮށް އެންމެ މީހަކު ދީނަށް ވެއްދުމަށްޓަކާއި ދޭ، އަދި ކަލޭމެން އެކަން ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ކަލޭމެން އެމީހާ ނަރަކަޔަށް ފޮނުއްވުމުގެ މަގު ކަލޭމެންނަށް ވުރެ ދެގުނައަށް އިތުރުކުރޭ.


ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އެތަނުގެ އެތެރޭގައި ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ އެންމެހައި ވެރިން ބޭނުންވީ އީސާގެފާނު އަވަހާރަކޮށްލެއްވުމަށެވެ. ވީމާ އެކަލޭގޭފާނާއި ބެހޭގޮތުން ދޮގު ތުހުމަތު ކުރާނޭ ބަޔަކަށް އެބައިމީހުން ބަލަމުން ގެންދިޔައެވެ.


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެއްވެސް ހުވައެއް އެއްވެސް ފަރާތަކާއި އެކުގައި ނުކުރޭ. އަދި އުޑު ގަންދީ ވެސް ހުވާކޮށްގެން ނުވާނެ. އެހެނީ އުޑަކީ މާތްރަސްކަލާނގެ ތަޚުތުކޮޅު.


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ސާބިތު ކުރެވޭފަދަ ހެކިތަކެއް ލިބޭތޯ ބޮޑު އިމާމުންގެ އިތުރުން ބަނީއިސްރާއީލުގެ ދީނީ ކޯޓުގެވެރިން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެބައިމީހުންނަށް އެއްވެސް ހެއްކެއް ލިބިގެން ނުވިއެވެ.


ހެނދުނު އިރުއެރުމުން ބަނީއިސްރާއީލުގެ ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ ވެރިންނާއި ކުއްލި ގޮތެއްގައި ބޮޑު އިމާމުންނާއި ބައްދަލު ކުރުމަށް ފަހު މިކަމާއި އެމީހުން އަމަލުކުރާނެ ގޮތް ރާވައި ނިންމިއެވެ. އަދި އީސާގެފާނު ހައްޔަރު ކޮށްގެން ހިލިހިލާ ޖަހައިގެން ޕިލާތުސްގެ ކައިރިއަށް ގެންދެވުނެވެ.


ބިރުގަންނަންވީ މާތްރަސްކަލާނގެ ކިބަފުޅަށް. އެއީ އެކަލާނގެ ކިބަފުޅަށް ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި ކަލޭމެންގެ ހަށިގަނޑު ނެތިކޮށްލުމެއް ނޫން. ކަލޭމެން މަރުވުމަށް ފަހު ކަލޭމެން ނަރަކައަށް ލުމުގެ ބާރުފުޅު ވެސް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ. ހަމަކަށަވަރުން ވެސް ބިރުގަންނަންވީ ފަރާތަކީ ހަމައެކަނި އެކަލާނގެ.


ހެނދުނު އިރުއެރުމުން އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނެވެ. އެތާނގައި ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވިއެވެ.


ދެން ބޮޑުއިމާމުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ.


މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅު ވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’⁠އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.⁠‘


އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”⁠ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟⁠“


އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“


އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟⁠“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”⁠ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.⁠“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ.


އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.


ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.⁠“


ނޫނީ އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީކޯޓުގެ ކުރިމައްޗަށް ގެންގޮސް ކުރެވުނު ޝަރީޢަތުގައި އަޅުގަނޑާއި މެދު ސާބިތު ކުރެވުނީ ކޮން ކުށެއް ތޯ މިތާނގައި މިވާ މީހުން ކުރެން ތިޔަބޭފުޅާ އައްސަވާބައްލަވާ.


އެހެން ކަމުން މިމީހުން ޕަތަރަސްއާއި ޔޫޙަންނާ ކޯޓުން ބޭރަށް ފޮނުވާލާ އެމީހުންގެ މެދުގައި މަޝްވަރާ ކުރިއެވެ.


އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ. އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ.


އީސާގެފާނުގެ މަންދޫބުން ބަނީއިސްރާއީލުގެ ދީނީކޯޓަށް ގެނެވުނެވެ. އަދި އުއްތަމަ އިމާމު އެމީހުންނާއި ސުވާލު ކުރެއްވިއެވެ.


މިއަޑުއަހާ މީސްތަކުންނާއި ބަނީއިސްރާއީލުގެ ބޮޑުންނާއި އަދި ދީނުގެ ދަންނަބޭކަލުން ރުޅިއައެވެ. އަދި މިމީހުން އިސްތިފާނު ހައްޔަރުކޮށް ބަނީއިސްރާއީލުންގެ ދީނީ ކޯޓަށް ގެނައެވެ.


އެ ކޯޓުގައި ވީ އެންމެން ވަރަށް ފަރުވާތެރިވެ އިސްތިފާނު އާއި ދިމާލަށް ބަލަން ތިއްބެވެ. އެވަގުތު އެމީހުންނަށް އިސްތިފާނުގެ މޫނު މަލާއިކަތެއްގެ މޫނު ފަދައިން ވިދާ ބަބުޅާ ތަން ފެނުނެވެ.


މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް އެންގެވި. ’⁠ބަނީއިސްރާއީލު މީހުންގެ ތެރެއިން އަހަރެން ފަދަ އެހެން ރަސޫލު ބޭކަލަކު މާތްރަސްކަލާނގެ ކަލޭމެންގެ ގާތަށް ފޮނުއްވާނޭ. އެކަލޭގެފާނީ ކަލޭމެން ފަދަ ބަނީއިސްރާއީލު މީހަކު ކަމުގައި ވާނޭ.⁠‘


ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ.


އެމީހުން ނެތިމޮށުމުންނާއި ދެބަސްވުންތަކުން ދުރުވެގެން ވާންޖެހޭނެއެވެ. އިޚުލާސްތެރި ހިތްތިރިކަމަކާއެކު އެންމެންނާއި މެދުގައި ވާންޖެހޭނެއެވެ.


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


މިގޮތުގެ މަތިން އެކަލޭގެފާނު ފުރިހަމަވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވާ އެންމެހާ މީސްތަކުންނަށް ދާއިމީ ދިންނެވުން ދެއްވުމުގެ ވަސީލަތަކީ އެކަލޭގެފާނު ކަމުގައި ހަމަޖެހިގެން ދިޔައެވެ.


މޮޔަޔާ! ހެޔޮ އަމަލުތައް ކުރުންމަތީގައި ނުވެ އީމާންތެރިކަމުގެ މާނައެއް ނެތްކަން ސާބިތުކޮށްދިނުމަށް ތިބާ އެދެމުތަ؟


އަހަރެމެންގެ ދުލަކީ ވެސް ހަމަ އެފަދަ އަލިފާން ކަންޏެކެވެ. އޭގައި މުޅި ޙަޔާތް ބަރުބާދު ކުރުވާފަދަ ނުބައި ނުލަފާ އެތައް ކަމެއް އެކުލެވިފައިވެއެވެ. އެ ދޫ ނަރަކައިގެ އަލިފާނުގެ ގިނީގައި އަނދައި ދިއުމަށް ވެސް ދޫކޮށްލެވިގެން ވެއެވެ.


އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.


ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.


އެހެންވީމާ، އަހަރެމެން މިތިބީ އަލިކަމުގެ ތެރޭގައި ކަމަށް ދަޢުވާ ކުރާހިނދު އަހަރެމެންގެ އަޚުންނާއި އުޚުތުންނާމެދު ނަފްރަތު ކުރަނީނަމަ އަހަރެމެންނަށް ޙަގީގަތުގައި އަދިވެސް އެތިބެވެނީ އަނދިރި ކަމުގެ ތެރޭގައެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.


ނަމަވެސް އެންމެ މަތިވެރި މަލާއިކަތާ މިޚައީލުގެފާނާ ޝައިތާނާއާ ދެމެދު މޫސާގެފާނުގެ ހަށިކޮޅާ ހަވާލުވާނީ ކާކުހޭ ކުރެވުނު ޒުވާބު ތެރޭގައި ވެސް މީކާއީލުގެފާނަކަށް އިބިލީސްއަށް ހުތުރު ބަސްތައް ރައްދުކޮށް ކުށްވެރި ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އެއާ ޚިލާފަށް މީކާއީލުގެފާނު ހަމައެކަނި ވިދާޅުވީ މިފަދައިންނެވެ. ”⁠މާތްރަސްކަލާނގެ ކަލެއަށް ޢުޤޫބާތް ދެއްވާނެ.⁠“


އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ