މައްތާ 5:18 - ކިތާބުލް މުޤައްދަސާ18 އަހަރެން މިބުނަނީ ތެދެއް. އުޑާއިބިން ނެތި ދިއުމާއި ހަމައަށް މާތްރަސްކަލާނގެ ޤާނޫނުގެ ކުޑަ މިންވަރެއް ވެސް ނެތިގެން ނުދާނެ. އެ ޤާނޫނުތަކާއި ގަވާއިދުގައިވާ އެންމެ އަކުރެއް އަދި ނުކުތާއެއް ވެސް، މިބިމާއި އުޑު އޮތްހާ އިރަކު އޭގެ މަގުސަދު ފުރިހަމަ ނުވަނީސް އުވިގެންނެއް ނުދާނެ. အခန်းကိုကြည့်ပါ။ |
އަހަރެން މިބުނަނީ ތެދެއް. ގިނަ ނަބީބޭކަލުންނާއި ސާލިޙުބޭކަލުން މިހާރު ތިޔަބައިމީހުން ދެކެމުން ދާ ތިޔަ ކަންތައްތައް ދުށުމަށް އެދިގެންވި. ނަމަވެސް އެފަދަ ކަންތައްތައް އެބޭކަލުންނަކަށް ނުފެނުނު. އަދި ތިޔަބައިމީހުން މިހާރު އަޑުއަހަމުން ގެންދާ ކަންތައްތައް އަޑުއެހުމަށް އެބޭކަލުން އެދިގެންވި. ނަމަވެސް އެބޭކަލުންނަކަށް ނުއިވުނު.“
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’ތިޔަ ހުރި ތަނުން ލުހިގެން ދާށޭ‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.
އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން އީމާންތެރިކަންމަތީ އަދި ޝައްކެއްނެތި ވާނަމަ އަހަރެން މި ވައްތީނި ގަހަށް މި ކުރިކަންތައް ތިޔަބައިމީހުންނަށް ވެސް ކުރެވިދާނެ. އަދި މިތަނުގައި ހުރި ފަރުބަދައަށް ’މިތަނުން ލުހިގެން ކަނޑަށް ދާށޭ‘ ތިޔަބައިމީހުން ބުންޏަސް، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެ.
މި ދެ ދަރިންގެ ތެރެއިން ބައްޕައަށް ކިޔަމަންތެރިކަން އަދާކުރީ ކޮން ދަރިއެއް؟“ ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”ދޮށީ ދަރިފުޅު.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ނުޙައްޤުން މީހުންގެ އަތުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން ވެސް ތިޔަބައިމީހުންނަށް ވުރެ ކުރިން މާތްރަސްކަލާނގެ ރަސްކަންފުޅު ލިބި ސުވަރުގެއަށް ދާނެ.
”ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.
ފަޤީރަކަށް ހޭދައެއް ކޮށްފިނަމަ، މުނާފިޤުން ފަދައިން އަމަލުނުކުރޭ. ދީނީ މަރުކަޒު ތަކުގައްޔާއި މަގުތަކުގެ ހަތަރުއަނގޮޅި ކަން މަތީގައި އެބައިމީހުން އަޑުގަދަކޮށް ތާޅަފިލި ފުމެ ހަދާ. އެއީ މީސްތަކުންނަށް އެބައިމީހުން ފެނި އެބައިމީހުންނަށް ހުޝާމަދު ކުރުވުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން. އެބައިމީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުން އެއްވެސް ޘަވާބެއް ނުލިބޭނެ.
އަހަރެން ބުނަންތަ؟ ތިޔަބައިމީހުން މި ފަރުބަދައަށް ’އޭގެ އަމިއްލަ ޒާތުގައި މުލުންލުހިގެންގޮސް ކަނޑަށް ވެއްޓިބަލާށޭ.‘ ބުނެވިދާނެ. އެމީހެއްގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތި އެމީހާ ބުނާ ބުނުމާއި އެއްފަދައިން ކަންތައްވާނެ ކަމުގެ އީމާންތެރިކަން އެމީހާގެ ހުންނަން ޖެހޭނެ. އެހެން ކަމުގައިވާނަމަ މާތްރަސްކަލާނގެ އެމީހަކަށްޓަކައި އެފަދަ ކަންތައްތައް ކޮށްދެއްވާނެ.
އެ ހިނދު އަސްޙާބީންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެދިވަޑައިގަތެވެ. އަދި އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް އައުމުން ވިދާޅުވިއެވެ. ”އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެ ނިކަމެތި ކަނބުލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮއްޓަށްލީ ފައިސާ އެހުރިހާ މުއްސަނދިން އެޅި ފައިސާޔަށް ވުރެން މާ ގިނަ.
އެއީ ހާބީލްގެ މަރުގެ ދިޔައިން ފެށިގެން ނަބީ ޒަކަރިއްޔާގެފާނުގެ މަރުގެ ދިޔަ އާއި ޖެހެންދެން. ނަބީ ޒަކަރިއްޔާގެފާނު އަވަހާރަކޮށްލެވުނީ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެވޭ ތަކެތި ޤުރުބާން ކުރާ ގަލާއި އެ ގަލުގެ ސަރަހައްދާއި ދެމެދުގަ. އަހަރެން މިބުނަނީ ހަމަތެދެއް. މި ޒަމާން މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ.