މައްތާ 5:17 - ކިތާބުލް މުޤައްދަސާ17 ”އަހަރެން އައީ ތައުރާތާއި ނުވަތަ އެހެނިހެން ނަބީބޭކަލުން މެދުވެރިކުރައްވައި އެންގެވިފައިވާ ފަތްފުށްތައް މަންސޫޚު ކުރުމަށް ކަމުގައި ހީނުކުރޭ. އަހަރެން އައީ އެތަކެތި މަންސޫޚު ކުރުމަކަށް ނޫން. ނަމަވެސް އެތަކެތީގެ މަގުސަދު ފުރިހަމަ ކުރުމަށް. အခန်းကိုကြည့်ပါ။ |
ދެން އެމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.“