މައްތާ 5:15 - ކިތާބުލް މުޤައްދަސާ15 އަދި ބޯތައްޓެއްގެ ދަށަށްލައި މީސްތަކުން ބައްތިއެއް ނުފޮރުވާނެ. އެމީހުން އެ ބައްތި އަޅުވާނީ ބައްތި އަޅުވާ ހަރުގައި. އޭރުން ގޭގައި ތިބި ހުރިހާ އެންމެންނަށް އެ ބައްތީގެ އަލިކަން ލިބިދޭނެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިފަދައިން ވެސް ވިދާޅުވިއެވެ. ”އެކަކު ވެސް އެނދު ތަންދޮށަށް ލާ ފޮރުވުމަށް ނުވަތަ ބޯތައްޓެގެ ދަށަށް ލާ ފޮރުވުމަށްޓަކައި ބައްތިއެއް ނުދިއްލާނެ. އޭގެ ބަދަލުގައި މީހަކު ބައްތިއެއް ދިއްލައިފިނަމަ އެ ގެންގޮސް ގޭގެ ކުރިމަތީގައިވާ ބައްތި އަޅުވާ ނަރުގަނޑުގައި އަޅުވާނެ. އޭރުން އެގެއަށް އަންނަ ބަޔަކަށް އޭގެ އަލިކަން ލިބޭނެ.
އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!