Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 4:7 - ކިތާބުލް މުޤައްދަސާ

7 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 4:7
21 ပူးပေါင်းရင်းမြစ်များ  

އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”⁠އަހަރެމެންނަށް ބޯފެން ދީ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަންނާ ތިޔަ ޝަކުވާ ކުރަނީ ކީއްވެތަ؟ ކަލޭމެން މާތްރަސްކަލާނގެ އިމްތިޙާނު ކުރަން ތިޔަ އުޅެނީ ކީއްވެތަ؟⁠“


މޫސާގެފާނު އެތަނަށް މައްސާއޭ ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”⁠މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟⁠“


އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’⁠ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.⁠‘⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’⁠ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟⁠‘⁠“


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.⁠‘⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވެ ވޮޑިގެންވާ ކަލާނގެ ކަން ކަށަވަރު. ނަމަވެސް މާތްރަސްކަލާނގެ މިފަދައިން ވެސް ވަޙީކުރެއްވި: ’⁠އެއްކައުވަންތަ މަތިވެރި މާތްރަސްކަލާނގެ މިންވަރުފުޅު ކުރައްވާނެ ގޮތަކީ ކޮބައިތޯ އަޖުމަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނޭ.⁠‘⁠“


މި ފަދައިން ކަންތައް ހުރި އިރު މިހާރު އަނެއްކާ ތިޔަބައިމީހުން ބަނީއިސްރާއީލު މީހުން ނޫން އެހެން އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަރުގައި މި ފަދަ ބަރުދަނެއް އަޅުވާ މާތްރަސްކަލާނގެ ކޯފާ ލިބިގަތުމަށް ތިޔަ އުޅެނީ އަޅެ ކީއްވެ؟ ތިޔަ ބަރުދަނަކީ އަހަރެމެންގެ ކާބަފައިންނަށް ވެސް އަދި އަހަރެމެންނަށް ވެސް އުފުލިފައި ނުވާ ބަރުދަނެއް ނޫންތަ؟


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.⁠“


އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ. އެއީ ސާޅީސް އަހަރު ވަންދެން ތިމަންކަލާނގެ މުޢުޖިޒާތްތައް އެމީހުންނަށް ފެންނަމުން ދިޔަ އިރު ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ