Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 4:24 - ކިތާބުލް މުޤައްދަސާ

24 މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 4:24
41 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.


އެކަލާނގެ އެންގެވިއެވެ. ”⁠ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.⁠“


އެއަށް ފަހު ބަޔަކު ޖިންނި އަވަލާފައި ހުރުމުގެ ސަބަބުން ލޯފަންވެ ވާހަކަ ނުދެއްކޭ މީހަކު އީސާގެފާނުގެ އަރިހަށް ގެނެސްފިއެވެ. އީސާގެފާނު އެމީހާއަށް ޝިފާދެއްވުމުން އޭނާއަށް ވާހަކަ ދެއްކެވި އަދި ލޯ އަލިވިއެވެ.


އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.


އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.⁠“


ދެން އީސާގެފާނު އެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ތެރޭގައިވާ ޖިންނިއަށް އަމުރު ކުރެއްވިއެވެ. އެ ހިނދު އެ ޖިންނި އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއިން ބޭރަށް ނުކުތެވެ. އަދި އެ ފިރިހެން ކުއްޖާ އެވަގުތުން ފެށިގެން ރަނގަޅުވިއެވެ.


އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


ކަނޑުގެ އަނެއްފަރާތުގައި އޮތް ގަދާރަ ސަރަހައްދަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އަދި ކަނޑުގެ އައްސޭރި ފަށުގައި އެކަލޭގެފާނު ވީހިނދު ގަބުރުސްތާނުގެ ތެރެއިން އައި ދެމީހަކާއި އެކަލޭގެފާނާއި ބައްދަލުވިއެވެ. މިބައިމީހުންނަކީ ޖިންނި އަވަލާފައި ތިބި ބައެކެވެ. މި މީހުންގެ ނުރައްކާތެރިކަން ބޮޑުކަމުން މީސްތަކުން އެމަގުން ދަތުރު ކުރުމަށް ނުހަނު ބިރުވެތިވެއެވެ.


އެ އޫރު ބަލަހައްޓަން ތިބި މީހުންނަށް މިތަން ފެނި ދުވެފައި ސަހަރުގެ ތެރެއަށް ގޮސް ހިނގާދިޔަ ޙާދިސާ ކިޔައިދިނެވެ. އަދި ޚާއްސަކޮށް ޖިންނި އަވަލާފައި ތިބި ދެމީހުންނާއި ބެހޭ ގޮތުން ކިޔައިދިނެވެ.


އަދި އެ އޮފިސަރު ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ނޯކަރު ވަނީ ބަލިވެ ގޭގައި. އޭނާއަށް އޭނާގެ ހަށިގަނޑުން ހަރަކާތެއް ވެސް ނުކުރެވެ. އަދި އޭނާ ވަނީ ނުހަނު ވޭނުގައި.⁠“


މި ޚަބަރު އެސަރަހައްދުގެ ވަށައިގެންވާ ހުރިހާ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.


އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ.


އިރުއޮއްސެނިކޮށް އީސާގެފާނުގެ އަރިހަށް ތަފާތު ބަލި ޖެހިފައިވީ މީހުންނާއި ޖިންނި މޮޔަވެފައިވީ މީހުން މީސްތަކުން ގެނައެވެ.


އެވަގުތު ވާބަލި ޖެހިފައިވާ ފިރިހެނަކު އަށިގަނޑަކަށް ލައިގެން ހަތަރު މީހަކު އީސާގެފާނުގެ އަރިހަށް އައެވެ.


ނަމަވެސް މީސްތަކުން ތޮއްޖެހިފައި ވުމުގެ ސަބަބުން އެ ހަތަރުމީހުންނަށް ވާބަލިޖެހިފައިވީ އެފިރިހެނާ އެކަލޭގެފާނުގެ އަރިހަށް ނުގެންދެވުނެވެ. އެހެންވީމާ އީސާގެފާނު ހުންނެވި ދިމާލަށް ސީދާވާގޮތަށް ފުރާޅުމަތީގައި ބާގަނޑެއް ހަދައިގެން އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް އަށިގަނޑެއްގެ މަތީގައި އެމީހާ ތިރިކުރިއެވެ.


ވާބަލި ޖެހިފައިވާ މި ފިރިހެނާ އާއި ދިމާލަށް ބުނަން ފަސޭހައީ މި ދެގޮތުންކުރެ ކޮން ގޮތެއް، ’⁠ތިބާގެ ފާފަތައް ފޮހެވިއްޖޭ⁠‘ ނޫނީ ’⁠ތެދުވެ، އަށިގަނޑު ހިފައިގެން ގެއަށްދާށޭތަ؟⁠‘


އީސާގެފާނު މާތްރޫޙުފުޅުގެ ބާރާއި އެކީގައި ގަލީލީއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނާއި ބެހޭ ޚަބަރުތައް އެސަރަހައްދުގެ ތެރޭގައި ފެތުރުނެވެ.


އީސާގެފާނު މި ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ވަޑައިގެންނެވީ ޝަމްއޫނުގެ ގެއަށެވެ. ޝަމްއޫނަކީ އީސާގެފާނު ދަންނަ ރައްޓެއްސެކެވެ. އޭރު ޝަމްއޫނުގެ މައިދައިތައަށް ވަރަށް ގަދަ ހުމެއް ޖެހިފައި ވިއެވެ. އެގޭގެ މީހުން އީސާގެފާނުގެ ކިބަފުޅުން އޭނާގެ ހުން ރަނގަޅު ކޮށްދެއްވުމަށް އެދުނެވެ.


އެހެން ނަމަވެސް އީސާގެފާނުގެ ޚަބަރު އެރަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އެކަލޭގެފާނުގެ ބަސްފުޅުގެ އަޑު އެހުމަށާއި ބަލިތަކުން ފަސޭހަވުމަށް އެދި އެކަލޭގެފާނުގެ އަރިހަށް އައެވެ.


އިންސާނާގެ ދަރިކަލުންނަށް މި ދުނިޔޭގައި މީހުންގެ ފާފަތައް ފުއްސެވުމުގެ އިޚްތިޔާރު ލިބިގެން ވާކަން ކަލޭމެންނަށް ތިމަންކަލޭގެފާނު ސާބިތު ކޮށްދޭނަން.⁠“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ. ކަލޭގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ.⁠“


އީސާގެފާނު ކުރެއްވި ކަންތަކުގެ މިޚަބަރު މުޅި ޖުދެއާ އާއި އަދި ކައިރީގައި ވާ އެހެން ރަށްތަކަށް ވެސް ފެތުރިގެން ހިނގައްޖެއެވެ.


ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟⁠“


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.


ދެން މިއަށް ފަހު އެ ރަށުގައިވާ ހާ ބަލި މީހުންނެއް ޕައުލްގެ ގާތަށް އައެވެ. އެ އެންމެންގެ މައްޗަށް ވެސް ޕައުލް ދުޢާ ކުރުމުން އެމީހުންގެ ބަލިތައް ވެސް ރަނގަޅުވިއެވެ.


އެމީހުންގެ ތެރޭގައި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެފައި ވީ އެތައް ބަޔަކު ވިއެވެ. ފިލިޕު އެހުރިހާ އެންމެން އެ ނުބައި ރޫޙުތަކުގެ ދަށުން ސަލާމަތްކޮށް އެ ނުބައި ރޫޙުތައް ފޮނުވާލިއެވެ. އެ ރޫޙުތައް އަޑުގައި ނެއްތަނަށް ރޮއެ ހަޅޭއްލަވަމުން އެމީހުން ދޫކޮށް ދިޔައެވެ. އޭގެ އިތުރުން އެތާނގައި ތިބި ވާބަލި ޖެހިފައިވީ މީހުންނާއި ކޮރު މީހުން ވެސް ފިލިޕު ރަނގަޅު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ