Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 4:22 - ކިތާބުލް މުޤައްދަސާ

22 އިސާހިތަކު އެ ދެބެއިންގެ ބައްޕައާއި އަދި މަސްދޯނި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 4:22
10 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ވުރެން ބޮޑަށް މައިންބަފައިން ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން. އަހަރެންނަށް ވުރެން ބޮޑަށް ފިރިހެން ދަރިފުޅާއި އަދި އަންހެން ދަރިފުޅު ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން.


ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.


އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އީސާގެފާނަށް އެދެބެއިން ފެނިވަޑައިގަތުމާއެކު އެ ދެބެއިންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އެމީހުން ވަގުތުން އެމީހުންގެ ބައްޕަ ޒަބަދީ އާއި މަހަށް ދިއުމަށް ގެނެވިފައި ތިބި ފަޅުވެރިން މަސްދޯނީގައި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ.


”⁠އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


އެމީހުން ހަމައެވަގުތު އެމީހުންގެ ދޯނިތައް އެހެލުމަށް ފަހު ހުރިހާ އެއްޗެއް ދޫކޮށްލާފައި އީސާގެފާނުގެ އަރިހުގައި ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ