މައްތާ 4:18 - ކިތާބުލް މުޤައްދަސާ18 އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ. အခန်းကိုကြည့်ပါ။ |
މިބާރަ އަސްޙާބީންގެ ތެރޭގައި ހިމެނުނީ ފަހުން ޕަތަރަސްއޭ ނަމަކަށް ކިޔުނު ޝަމްއޫނު، މި ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އަދި ޔާމިޒު އާއި ޔޫޙަންނާ އާއި ފިލިޕު އާއި ބަރުތުލޫމު އާއި މައްތާ އާއި ތޯމާސް އެވެ. އަދި ހަލްފާހުގެ ދަރި ޔާމިޒު އާއި އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައި މަޝްހޫރު ސިމުއާންއެވެ.