15 ޣައިރު ބަނީއިސްރާއީލު މީހުން ވެސް އުޅޭ ގަލީލީގެ ބިން ކަމަށްވާ ނަފްތާލީއާއި ޒަބޫލޫންއާއި، އެތަނުގެ ކަނޑާއި ދިމާލަށްދާ މަގާއި، އަދި އުރުދުން ކޯރާއި އެއަށްވުރެ ދުރުގައިވާ ހިސާބުތަކާއި،
އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.
މިހެން މިކަންތައް ވުމުން ނަބީ ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ އެންގެވި މިބަސްފުޅުތައް އެފަދައިން ހިނގަދިޔައެވެ:
ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.
ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.