މައްތާ 4:13 - ކިތާބުލް މުޤައްދަސާ13 އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟‘