މައްތާ 4:12 - ކިތާބުލް މުޤައްދަސާ12 ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެވުނު ޚަބަރު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ގަލީލީއަށް އެނބުރިވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.“
ހެރޮދު އޭނާގެ އަމުރަށް ޔަޙުޔާގެފާނު ހައްޔަރުކުރައްވާ ޖަލުގައި ބެހެއްޓިއެވެ. މި ގޮތަށް ހެރޮދު އަމަލުކުރި ސަބަބަކީ ހެރޮދު ކައިވެނި ކުރި އަންހެނާ، ހެރޯދިޔާސްއަކީ އޭނާގެ ކޮއްކޮ ފިލިޕުގެ އަނބިމީހާ ކަމުގައި ވުމާއި ޔަޙުޔާގެފާނު ހެރޮދަށް ކުރުނުކުރައްވާ ވިދާޅުވުމުންނެވެ. ”ތިބާގެ ކޮއްކޮގެ އަންހެނުންނާއި އިނުމަކީ ތިބާއަށް ހުއްދަވެގެންވާ ކަމެއް ނޫން!“
ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.“