1 އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.
ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.“
އަހަރެން ކަލޭމެންނާއި ވާހަކަދައްކަން ހުރުމަށް މާކަ ގިނަވަގުތެއް ދެން ނެތް. އެއީ ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ އަހަންނާ ދިމާއަށް އެބައާދޭ. ނަމަވެސް އޭނާގެ ކިބަޔަކު އަހަރެންގެ މައްޗަށް ބާރު ފޯރުވުމުގެ ބާރެއް ނުވޭ.
އެމީހުން އެފެންގަނޑުން އެރި ހިނދު މާތްރޫޙުފުޅު ކުއްލިއަކަށް ފިލިޕު ގެންދެވިއެވެ. އަދި މި ވަޒީރާއި ފިލިޕު އާއި އޭގެ ފަހުން ދުވަހަކު ވެސް ބައްދަލެއްނުވެއެވެ. ނަމަވެސް އޭނާ ރަށަށް ދިއުމަށް ދަތުރުކޮށް ދިޔައީ ވަރަށް އުފާވެ ހިތްހަމަޖެހުމާއި އެކުގައެވެ.
މިހެންވުމުން އެކަލޭގެފާނަށް، ވަސްވާސްތަކުގެ ދަށުވެފައި މިހާރު ތިބި މީހުންނަށް އެހީފުޅުވެ ވަޑައިގެންނެވޭނެއެވެ. އެހެނީ ޚުދު އެކަލޭގެފާނު ވެސް ވަނީ ވަސްވާސްތަކަށް ހުށަހެޅި، އެކަމުގެ ވޭން އުފުއްލަވަން ޖެހިވަޑައިގެންފައެވެ.
އަހަރެމެން ވަސްވާސްތަކުގައި ޖެހި ގެނބިގެންދަނީ އަހަރެމެންގެ އަމިއްލަ ނަފްސުގައިވާ ނުބައި އެދުންތަކުންނެވެ.