Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 3:7 - ކިތާބުލް މުޤައްދަސާ

7 ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 3:7
49 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ޤާނޫނަށް ތަބާނުވާ މީހުން ނުބައި މީހުންނަށް ސަނާ ކިޔައެވެ. ޤާނޫނަށް ބޯލަނބާ މީހުން ނުބައި މީހުންނާ ދެކޮޅު ހަދައެވެ.


ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”⁠އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެއްސެވިއެވެ. ”⁠ކަލޭގެފާނު ތިޔަ ވިދާޅުވި އެއްޗެއްގެ ސަބަބުން ފަރީސީން ކަލޭގެފާނު ދެކެ ރުޅިއައިކަން ދެނަހުރިންތޯ؟⁠“


ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.


އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!⁠“


އެއަށް ފަހު ފަރީސީން އެތަނުން ދިޔައެވެ. އަދި އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅިއެއްގައި ޖެއްސެވުމަށް ޓަކައި އެބައިމީހުން އެއްވެ ތިބެ ރޭވިއެވެ.


ސާދުސީން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުން އަލަކުން ނުދިރޭނެ އެވެ. ހަމަ އެދުވަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ.


އީސާގެފާނު ސާދުސީނުންގެ އަނގަ ބަންދުކޮށްލެއްވި ގޮތް ފަރީސީންނަށް އެނގުމުން އެބައިމީހުން އެއްތަންވިއެވެ.


ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟


އަހަރެން ތިޔަބައިމީހުންނަށް ބުނަން. ފަރީސީންނާއި އަދި ދީނުގެ އެހެނިހެން ދަންނަބޭކަލުންނަށް ވުރެން ބޮޑަށް ތިޔަބައިމީހުންނަށް ކިޔަމަންތެރިކަން އަދާނުކުރެވޭހާ ހިނދަކު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަކަށް ނުވަދެވޭނެ.⁠“


އެއަށް ފަހު އެމީހުން އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅީގައި ޖެއްސެވުމަށްޓަކައި އެކަލޭގެފާނުގެ އަރިހަށް ފަރީސީނުގެ ބަޔަކާއި ހެރޮދަށް ތާއީދުކުރާ ބަޔަކު ފޮނުވިއެވެ.


އެއަށް ފަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް ސުވާލަކައިގެން އައިސް ދެންނެވިއެވެ. (ސާދުސީންނަކީ މަރުވުމަށް ފަހު މީސްތަކުން އަލުން ދިރުއްވައި ނިމުންނުވާ ޙަޔާތެއްގައި ލަހައްޓަވާނެ ކަން ގަބޫލުކުރާ ބައެއް ނޫނެވެ.)


”⁠ރަނގަޅަށް ވިސްނާ، އަދި ފަރީސީންނާއި ހެރޮދު ރަސްގެފާނުގެ ކަމީރާއި މެދު ތިޔަބައިމީހުން ރައްކާތެރިވޭ.⁠“ އީސާގެފާނު އެބޭކަލުންނަށް އިންޒާރާއެކު ލަފާދެއްވިއެވެ.


ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ.


މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’⁠މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ.


ނަމަވެސް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްކެވި މަގަށް ފުރަގަސް ދިނެވެ. މިމީހުން ޔަޙުޔާގެފާނާއި އެކު ތައުބާގެ ހިނެވުމުން ހިނައެއް ނުގަނެއެވެ.


މިމީހުންގެ ތެރޭގައި ބައެއް ފަރީސީ މަޒުހަބުގެ މީހުން ވެސް ޔަޙުޔާގެފާނުގެ އަރިހަށް ފޮނުއްވުނެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭ ތިޔައީ އަލްމަސީޙު ކަމުގައި ނުވާ ހިނދު، އިލްޔާސްގެފާނު ކަމުގައި ނުވާ ހިނދު އަދި ފޮނުއްވޭނެ ޚާއްސަ ރަސޫލާ ކަމުގައި ނުވާހިނދު ކަލޭ މީސްތަކުން ތައުބާގެ ހިނެވުމުން ތިޔަ ހިނަވަނީ ކީއްވެ؟⁠“


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އީސާގެފާނު މިހެން ވިދާޅުވިއިރު އެކަލޭގެފާނާއި ކައިރީގައި ތިބި ބައެއް ފަރީސީންނަށް މި އަޑު އިވިގެން ބުންޏެވެ. ”⁠އެހެންވިއްޔާ ތިޔަ ބުނަނީ އަހަރެމެންނަކީ ވެސް ލޯ އަނދިރި މީހުންނޭ ތަ؟⁠“


އީސާގެފާނަށް އީމާންވެގެންވީ ފަރީސީނުގެ ބަޔަކު ވެސް އެތާނގައިވިއެވެ. މި ބައިމީހުން ބުންޏެވެ. ”⁠ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން އީސާގެފާނަށް އީމާންވެގެންވާ މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކަށް ކަންތައްކޮށް އަދި ޚިތާނު ކުރުމަށް ވެސް އަންގަން ޖެހޭނެއޭ.⁠“


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


އަދި އަޅުގަނޑަކީ ބަނީއިސްރާއީލުގެ އެންމެ ދީނީ ގަވާއިދުތައް ބޮޑު ޖަމާޢަތް ކަމުގައި ވާ ފަރީސީނުގެ ޖަމާޢަތުގެ މީހެއްކަން އަޅުގަނޑު ކުށްވެރި އެކުރާ މީހުންނަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ.


އުއްތަމަ އިމާމާއި އޭނާގެ ބައިގެ ސާދުސީން އީސާގެފާނުގެ މަންދޫބުންނާއި މެދު ވަރަށް ހަސަދަވެރިވިއެވެ.


އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.


ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.


އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ