މައްތާ 3:5 - ކިތާބުލް މުޤައްދަސާ5 ޖެރޫސަލަމުންނާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރު ވަށައިގެންވީ ސަރަހައްދުތަކުން އެތައްބައިވަރު މީހުންނެއް އެކަލޭގެފާނުގެ އަރިހަށް އައެވެ. အခန်းကိုကြည့်ပါ။ |
”މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކު ވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ.
އެކަލޭގެފާނު އުރުދުން ކޯރުގެ މުޅި ހިސާބުގައި ވަށައިގެންވާ ހުރިހާ ރަށްރަށަށް ވަޑައިގެން އެންމެންނަށް މި ވަޙީގެ ބަސްފުޅު ފާޅުކޮށް އިއްވެވިއެވެ. ފާފަތަކުން ދުރުވެ ތައުބާ ވެއްޖެކަން ހާމަ ކުރުމަށްޓަކައި ތައުބާގެ ހިނެވުމުން ހިނައިގަތުމަށް މީސްތަކުންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އޭރުން މާތްރަސްކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސަވާނެކަމަށް ވެސް އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައެވެ.