Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 3:12 - ކިތާބުލް މުޤައްދަސާ

12 އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 3:12
30 ပူးပေါင်းရင်းမြစ်များ  

ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”⁠ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.⁠“⁠‘⁠“


އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ.


އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.


ސާލިޙު މީހުން އެމީހުންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި އިރު ފަދައިން ބަބުޅަމުން ދާނެ. ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!


އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”⁠އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.


އެކަލޭގެފާނު ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވާ ދެބައި ކުރައްވާނެ. އަދި ގޮވާންތައް ގުދަނަށް ލައްވާ ހުއިތައް ނިވުމެއް ނުވާ އަލިފާނަކުން އަންދަވާނެ. އެކަލޭގެފާނު މިފަދައިން މީސްތަކުންނާ ދޭތެރޭ ކަންތައް ކުރައްވާނެ.⁠“


އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ