މައްތާ 3:11 - ކިތާބުލް މުޤައްދަސާ11 ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން. အခန်းကိုကြည့်ပါ။ |
އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“
އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.
އެކަލޭގެފާނު އުރުދުން ކޯރުގެ މުޅި ހިސާބުގައި ވަށައިގެންވާ ހުރިހާ ރަށްރަށަށް ވަޑައިގެން އެންމެންނަށް މި ވަޙީގެ ބަސްފުޅު ފާޅުކޮށް އިއްވެވިއެވެ. ފާފަތަކުން ދުރުވެ ތައުބާ ވެއްޖެކަން ހާމަ ކުރުމަށްޓަކައި ތައުބާގެ ހިނެވުމުން ހިނައިގަތުމަށް މީސްތަކުންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އޭރުން މާތްރަސްކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސަވާނެކަމަށް ވެސް އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައެވެ.
ޕައުލް އެމީހުންނަށް ބުންޏެވެ. ”ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.“
މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“