މައްތާ 3:10 - ކިތާބުލް މުޤައްދަސާ10 މިހާރު ވެސް ފުރޯ ތައްޔާރު ވެފައި ވަނީ ގަހުގެ މުލުން ގަސް ކަނޑައިލުމަށް ޓަކައި. އަދި ރަނގަޅު މޭވާ ނުލިބޭ ކޮންމެ ގަހެއް ކަނޑައި ކުދިކޮށް ކޮށައި އަލިފާނަށް އެއްލާލެވޭނެ. အခန်းကိုကြည့်ပါ။ |
މަގުގެ އެއްފަރާތުގައި ވައްތީނި ގަހެއް ހުރިކަން އެކަލޭގެފާނަށް ފާހަގަ ކުރެވުނެވެ. ވައްތީނި ގަހުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގެން އެގަހުގައި ވައްތީނި ހުރިތޯ ބައްލަވާ ލެއްވިއެވެ. ނަމަވެސް އެގަހުގައި ހުރީ ހަމައެކަނި ހުސް ފަތްތަކެވެ. އެ ހިނދު އެ ގަހާއި މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަ ގަހުގައި އިތުރަށް މޭވާއެއް ނާޅާނެ.“ އިސާހިތަކު އެ ގަސް މިލައި މޯޅިވެ ދިޔައެވެ.
ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟