Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 3:1 - ކިތާބުލް މުޤައްދަސާ

1-2 އެދުވަސްވަރު ޖުދެއާ ސަހަރާގެ ތެރެއިން ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލައްވަމުން ގެންދެވިއެވެ. ”⁠ތައުބާވޭ! ސަބަބަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކައިރީގައި ކަމަށް ވާތީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 3:1
27 ပူးပေါင်းရင်းမြစ်များ  

އަހަރެން މިބުނަނީ ތެދެއް. ދުނިޔެއަށް އަންހެނެއްގެ ބަނޑުން އުފަންވި މީހުންގެ ތެރޭގައި ޔަޙުޔާގެފާނު ފަދަ މަތިވެރި އިންސާނަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެ ދަށް މީހާ ވެސް ޔަޙުޔާގެފާނަށް ވުރެން މަތިވެރިވެގެންވާނެ.


ޔަޙުޔާގެފާނުގެ އަސްޙާބީން އެނބުރި ދިއުމުން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނާއި މުޚާތަބު ކުރައްވައި ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”⁠ތިޔަބައިމީހުން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟


އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠ބައެއްމީހުން ކަލޭގެފާނީ ޔަޙުޔާގެފާނު ކަމުގައި ބުނޭ. އަނެއް ބައިމީހުން އިލްޔާސްގެފާނު ކަމުގައި ބުނޭ. އަދި އަނެއް ބައިމީހުން ކަލޭގެފާނީ އިރްމިޔާ ކަމުގައި ނޫނީ ކޮންމެވެސް އެހެން ނަބީބޭކަލެއް ކަމުގައި ބުނެ އުޅޭ.⁠“


ޔަޙުޔާގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައިގެން ދާންވީ ހެޔޮމަގު ދައްކަވައި ދެއްވި. ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ނުވި. ނަމަވެސް ނުޙައްޤުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން އެކަލޭގެފާނަށް އީމާންވި. އަދި އެބައިމީހުން އަމަލުކުރި ގޮތް ތިޔަބައިމީހުންނަށް ފެނުމުން ވެސް ތިޔަބައިމީހުންގެ ފާފަވެރިކަން ދޫކޮށްލައި އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހެދި.⁠“


ކަލޭމެންގެ އަމަލުތަކުންނާއި، އަދި ދިރިއުޅުމުން ކަލޭމެން ތައުބާވެއްޖެކަން ސާބިތުކޮށްދީ!


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އެންމެ އެކަށީގެންވާ ވަގުތު މިވަނީ އައިސްފަ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ! ތައުބާވޭ! ހެޔޮޚަބަރުފުޅަށް އީމާންވޭ!⁠“


މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ: ”⁠ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު.


އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.


ޔަޙުޔާގެފާނުގެ ފަރާތްޕުޅުން އީސާގެފާނާއި ސުވާލު ކުރުމަށް އައި މީހުން އެނބުރި ދިއުމުން އީސާގެފާނު އެތަނަށް އެއްވެފައިވާ މީސްތަކުންނަށް ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”⁠ކަލޭމެން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟ ނޫނީ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ދުށުމަށް ތަ؟ ނޫން. އަގުބޮޑެތި ހެދުން އަޅައިގެން މުއްސަނދި ކަމުގައި އުޅޭ މީހުން ތިބޭނީ ގަނޑުވަރުތަކުގަ.


އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ