މައްތާ 28:19 - ކިތާބުލް މުޤައްދަސާ19-20 އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.“ အခန်းကိုကြည့်ပါ။ |
އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.“
އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.
އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.
އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.