މައްތާ 28:17 - ކިތާބުލް މުޤައްދަސާ17 އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ. အခန်းကိုကြည့်ပါ။ |
އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.
އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.