މައްތާ 28:16 - ކިތާބުލް މުޤައްދަސާ16 އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީންނަށް ދިއުމަށް ވިދާޅުވި ގަލީލީގައިވާ ފަރުބަދައަށް އެކަލޭގެފާނުގެ އަސްޙާބީން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އަދި އަވަހަށް ގޮސް އެކަލޭގެފާނުގެ އަސްޙާބީންނަށް މި ޚަބަރުފުޅު ދީ. ’އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފިއޭ. ތިޔަބައިމީހުންނަށް ވުރެން ކުރިން އެކަލޭގެފާނު ގަލީލީއަށް ވަޑައިގަންނަވާނެ އޭ. އަދި ތިޔަބައިމީހުންނަށް އެކަލޭގެފާނު އެތަނުން ފެނިވަޑައިގަންނަވާނެ އޭ.‘“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ ތިޔަބައިމީހުން ގާތު އަހަރެން ބުނިކަން ކަން ހަނދާންކުރާތި.“
އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.