Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 28:1 - ކިތާބުލް މުޤައްދަސާ

1 ސަބަތުގެ ދުވަހަށް ފަހު ޖެހިގެން އައި ދުވަހަކީ ހަފްތާގެ ފުރަތަމަ ދުވަސް ކަމުގައިވާ އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހަށް އަލިވިލެމުން ދިޔަ ހިނދު މަރިޔަމް މަގްދަލޭނާ އާއި އަދި މަރިޔަމް ކިޔާ އެހެން އަންހެނަކާއި ދެމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގައިވާ މަހާނަ ކައިރިއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 28:1
9 ပူးပေါင်းရင်းမြစ်များ  

އޭގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި، ޔާމިޒު އާއި ޔޫސުފުގެ މަންމަ މަރިޔަމް އާއި، އަދި ޔޫޙަންނާ އާއި ޔާމިޒުގެ މަންމަވެސް ހިމެނެއެވެ.


މަރިޔަމް މަގްދަލޭނާ އާއި އަދި އެހެން މަރިޔަމްއަކާއި މި ދެ އަންހެނުން އެތަން ބަލަން ކައިރީގައި ތިއްބެވެ.


ދެން މިބައިމީހުން އެނބުރި ގެއަށް ގޮސް އީސާގެފާނުގެ ހަށިކޮޅަށް ކަފުން ކުރުމަށްޓަކައި އެޅުމަށް ބޭނުންވާނޭ މީރުވަސް ދުވާ ތަކެތި ތައްޔާރު ކުރިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ދީނުގެ ޙުކުމުގައި ވާ ފަދައިން ސަބަތުގެ ދުވަހުގައި މިބައިމީހުން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބެވެ.


އާދީއްތަ ދުވަހުގެ ވަރަށް ފަތިހު މިއަންހެނުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގެ ކައިރިއަށް ދިޔަ އެވެ. އީސާގެފާނު ކަފުން ކުރުމަށްޓަކައި މިބައިމީހުން ތައްޔާރު ކުރި މީރުވަސް ދުވާ ތަކެތި މިބައިމީހުންނާއި އެކު ގެނައެވެ.


މިއަދު އަހަރެމެންގެ ތެރެއިން ބައެއް އަންހެނުން ހުރިހާ ކަމަކަށް ވުރެ އަޖައިބު ވާހަކައަކާއިގެން އަތުވެއްޖެ. އެމީހުން މިއަދުގެ ވަރަށް ހެނދުނާ އެކަލޭގެފާނުގެ ހަށިކޮޅު ބޭއްވިފައި ވީ ހޮހަޅައަށް ދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ