66 ދެން އެބައިމީހުން އެ މަހާނަ މަތީގައި ހިލައެއް ޖައްސައި ސީލުކޮށް ވަރަށް ރަނގަޅަށް ރައްކާތެރި ކުރުމަށް ފަހު އެ މަހާނަ ބެލެހެއްޓުމަށް ފާރަވެރިން ލިއެވެ.
އެއަށް ފަހު އޭނާ އީސާގެފާނުގެ ހަށިކޮޅު ފަރުބަދަ ކަނޑައިގެން ހަދާފައިވާ އޭނާގެ އަމިއްލަ އާ މަގުބަރާގެ ތެރޭގައި ވެޑުވިއެވެ. ދެން އޭނާ އެ މަގުބަރާގެ ދޮރުމަތީގައި ބޮޑު ހިލައެއް ބާއްވާފައި ހިނގައްޖެއެވެ.
ޕިލާތުސް އެމީހުންނަށް ބުންޏެވެ. ”އެންމެ ރަނގަޅު. ކަލޭމެން ސިފައިންނާއި އެކުގައި ގޮސް އެ މަހާނަ ކަލޭމެންނަށް ފެންނަ އެންމެ ރަނގަޅަކަށް ރައްކާތެރިކުރޭ.“
އެ އަންހެނުން މި ޚަބަރު އީސާގެފާނުގެ އަސްޙާބީންނަށް ދިނުމަށް ދިޔަ ހިނދު އެ ޒިޔާރަތް ބެލެހެއްޓުމަށް ޓަކައި ތިބި ބައެއް ސިފައިންގެ ފާރަވެރިން ސަހަރުގެ ތެރެއަށް ގޮސް ހިނގާ ދިޔަ ޙާދިސާގެ ޚަބަރު ބޮޑު އިމާމުންނަށް ދިނެވެ.
ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ.
އާދީއްތަ ދުވަހު ފަތިހުގެ އަލި ފާއްދާލުމާއެކު މަރިޔަމް މަގްދަލޭނާ އެ ހޮހަޅައިގެ ދޮށަށް ދިޔައެވެ. އޭރު އެ ހޮހަޅައިގެ އަނގަމަތީ ބާއްވާފައި އޮތް ހިލަ ދުރަށް ލެވިފައިވާތަން އޭނާއަށް ފެނުނެވެ.
އެހެނަސް މާތްރަސްކަލާނގެ ބިންގާ ވަނީ ވަރުގަދައަށް ގާއިމުވެފައެވެ. މިބަސްފުޅުތައް ވަނީ އޭގައި ލިޔެވި ބިންވަޅު ނެގިފައެވެ. ”މާތް ސާހިބާ އެކަލޭގެފާނުގެ އަހުލުވެރިން ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި އަޅުކަންކުރާ މީސްތަކުން އެންމެހާ ނުބައި ކަންތަކުން ދުރުވެގެންވާށެވެ.“
އެ މަލާއިކަތާ ފޫނެތް ފުން ވަޅުގަނޑުގެ ތެރެއަށް ޑްރޭގަން އެއްލައިލިއެވެ. އަދި ތަޅުލައި ސިލު ޖެއްސިއެވެ. ވީމާ، އެއްހާސް އަހަރު ނިމުމަށް ދާންދެން އެ ޑްރޭގަނަށް ދެން އިތުރަށް ޤައުމުތައް މޮޔައެއް ނުހެއްދޭނެއެވެ. ނަމަވެސް އެއަށް ފަހު، ކުޑަ ދުވަސްކޮޅަކަށް އޭތި މިނިވަން ވާން ޖެހެއެވެ.