މައްތާ 27:6 - ކިތާބުލް މުޤައްދަސާ6 ބޮޑުއިމާމުން އެ ފައިސާ ފޮތިތައް ނެގުމަށް ފަހު ބުންޏެވެ. ”އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ފައިސާ ބައިތުލް މަޤްދިސްގެ ޚަޒާނާގެ ތެރޭގައި ހިމަނައިގެން ނުވާނެ. ސަބަބަކީ މި ފައިސާއަކީ މީހެއްގެ މަރު ގަތުމަށް ދެވިފައިވާ ފައިސާއެއް.“ အခန်းကိုကြည့်ပါ။ |
ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.