55 ވަރަށް ގިނަ އަންހެނުން އީސާގެފާނާއެކު އެކަލޭގެފާނަށް އެހީތެރި ވުމަށް ޓަކައި ގަލީލީއިން އައެވެ. އެބައިމީހުން މި ހިނގާދިޔަ ކަންތައްތައް ބަލަން ތަންކޮޅެއް ދުރުގައި ތިއްބެވެ.
އެތަނުގައި ތިބި އަންހެނުންތައް ދުރުދުރުން މި ހިނގާދިޔަ ކަންތައްތައް ބަލަމުން ގެންދިޔައެވެ. އެބައިމީހުންގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި މަރިޔަމް އާއި ސަލްމާ ވިއެވެ. (މި މަރިޔަމަކީ ހަގު ޔާމިޒު އާއި ޔޯސަސްގެ މަންމައެވެ.)
އީސާގެފާނު ގަލީލީގައި ހުންނެވި ދުވަސްތަކުގައި މި އެންމެން އެކަލޭގެފާނަށް އީމާންވެ އެހީތެރިވެދެއްވިއެވެ. އަދި ވަރަށް ގިނަ އެހެން އަންހެނުން ވެސް އެކަލޭގެފާނާއި އެކުގައި ޖެރޫސަލަމަށް އައެވެ.