Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:54 - ކިތާބުލް މުޤައްދަސާ

54 ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:54
22 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!⁠“


އެއަށް ފަހު އެބައިމީހުން އިށީނދެ އެތަނުގައި އެކަލޭގެފާނަށް ބަލަން ތިއްބެވެ.


”⁠އަޅެ! ބައިތުލް މަޤްދިސް ހަލާކު ކޮށްލުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އަލުން ޢިމާރާތް ކުރާނަމޭ ބުނެ މިކަލޭގެ ދައުވާކުރި! ކަލެއަށް އެކަން ކުރެވޭނެތަ؟ ކަލެއަކީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ ކަލޭގެ ނަފްސު ސަލާމަތްކޮށް ސަލީބުން ފައިބައިގެން އައިސްބަލަ!⁠“


އޭނާ އިތުބާރު ކުރަނީ މާތްރަސްކަލާނގެ ކިބަފުޅަށް. އެހެންވެއްޖިއްޔާ މާތްރަސްކަލާނގެ، އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އޭނާ ސަލާމަތް ކޮށްދެއްވާނެއެއްނު. އޭނާ ބުނި. ތިމަންމީ މާތްރަސްކަލާނގެ ދަރިކަލުންނޭ.⁠“


އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް ވީދި ދެފަޅިވެގެން ދިޔައެވެ. އަދި އެތަނަށް ބިންހެލުމެއްއައިސް ގާތައް ފަޅައިގެން ދިޔައެވެ.


ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.⁠“


އީސާގެފާނު ކަޕަރުނައުމްއަށް ވަޑައިގެންނެވިހިނދު ރޯމު ސިފައިންގެ އޮފިސަރެއް އެކަލޭގެފާނުގެ އަރިހަށް އައިސް އެހީތެރިކަމަށް އެދި ދެންނެވިއެވެ.


އަދި ސަލީބުގެ ކުރިމަތީގައި ކޮޅަށް ހުރި ސިފައިންގެ އޮފިސަރަކަށް އީސާގެފާނު އަވަހާރަވެދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އެ ހިނދު އޭނާއަށް ބުނެވުނެވެ. ”⁠ޙަޤީޤަތުގައި ވެސް މި ފިރިހެނާއަކީ މާތްރަސްކަލާނގެ ދަރިކަލުން!⁠“


ދެން އެއެންމެން ސުވާލު ކުރިއެވެ. ”⁠ދެން އެހެންވިއްޔާ ކަލޭ ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިއީ މާތްރަސްކަލާނގެ ދަރިކަލުން. ކަލޭމެން ތިޔަބުނީ ތެދެއް.⁠“


ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އަހަރެމެންގެ ދީނުގެ ގަވާއިދުތަކުގެ މަތިން އޭނާއަށް މަރުގެ ޙުކުމް ކުރަން ޖެހޭނެ. އެއީ ތިމަން މިއީ މާތްރަސްކަލާނގެ ދަރިކަލުންނޭ އޭނާ ބުނި.⁠“


ރޯމުގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ކޮރުނޭލިޔުސް އޭ ކިޔުނު މީހަކު ކައިސަރިޔާގައި އުޅުނެވެ. މީނާއަކީ އިޓަލީގެ ސިފައިންގެ ސެކްޝަން ގެ ވެރިއެކެވެ.


އެތަނަށް އެއްވެފައިވާ މީސްތަކުންނަށް މި ބަސްތައް އިވުމުން ވަރަށް ކަންބޮޑުވެ ދެރަވިއެވެ. އެމީހުން ޕަތަރަސްއާއި އެހެން ވެސް އީސާގެފާނުގެ މަންދޫބުން ކުރެން ސުވާލު ކުރިއެވެ. ”⁠އަޚުންނޭ. ދެން އަހަރެމެން ހަދާނީ ކިހިނެއް ތޯ؟⁠“


ހަމަ ވަގުތުން އޭނާ އޮފިސަރުންނާއި ބައެއް ސިފައިން ގޮވައިގެން އެންމެންގަނޑު އެއްވެފައިވާ ތަނަށް އައެވެ. މީސްތަކުންނަށް ސިފައިންގެ ކޮމާންޑަރާއި ސިފައިން އެތަނަށް އަންނަތަން ފެނުމާއި އެކު ޕައުލް ގައިގައި ތެޅުން ހުއްޓާލިއެވެ.


ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”⁠މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.⁠“


ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”⁠ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ.


ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ.


ނަމަވެސް އޮފިސަރު ޖޫލިޔުސް ޕައުލްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވިއެވެ. އެހެން ކަމުން އޭނާ ސިފައިން ކުށްވެރިންތައް މެރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެންގީ ފަތަން އެނގޭ މީހުން ކުރިން ފުންމަލައިގެން އެއްގަމާ ދިމާލަށް ފެތުމަށެވެ.


ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ