52 މަހާނަތައް ހުޅުވި ޞާލިހުންގެ ފުރާނައެޅި އެބައިމީހުން ތެދުވިއެވެ.
މިއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެމެންގެ ރައްޓެހި ލާޒަރުއަށް ވަނީ ނިދިފައި. އަހަރެން މިދަނީ އޭނާއަށް ގޮވާ ހޭލައްވަން.“
އޭނާ ބިންމަތީ ކަކޫ ޖަހައިގެން އޮވެ ރޮއެގަތެވެ. ”މާތްސާހިބާ. އެމީހުންގެ މި ފާފައިގެ އަޒާބު އެމީހުންނަށް ނުދެއްވާފާނދޭ.“ ހަމަ އެހެން ބުނެ ނިމުނު ވަގުތު އޭނާގެ ފުރާނަ ދިޔައެވެ.
އަހަރެމެން އީމާންވާ ގޮތުގައި އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު، އަލުން ދިރި ވަޑައިގެންނެވިއެވެ. ވީމާ އަހަރެމެން އީމާންވަނީ ނިޔާވެ ދިޔަ އެންމެހާ މަސީޙީން ވެސް އީސާގެފާނާއި އެކުގައި މާތްރަސްކަލާނގެ ގެންނަވާނެ ކަމަށެވެ.
އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވީ އަހަރެމެންނަށްޓަކައެވެ. އެއީ އަހަރެމެންނަށް އެކަލޭގެފާނާއި އެކުގައި ޙަޔާތް ވޭތުކުރެވުމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާއިރު އަހަރެމެން ދިރިތިބި ކަމުގައި ވިޔަސް ނޫނީ އަހަރެމެން މަރުވެފައި ވީކަމުގައި ވިޔަސްމެއެވެ.