51 އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް ވީދި ދެފަޅިވެގެން ދިޔައެވެ. އަދި އެތަނަށް ބިންހެލުމެއްއައިސް ގާތައް ފަޅައިގެން ދިޔައެވެ.
ދެން އެކަލޭގެފާނު ޢަހުދުނާމާ ފޮށިކޮޅު ފޭލިގޭތެރޭގައި ބަހައްޓަވައި އޭގެ ވަށައިގެން ދެމުމަށް ހެދިފައިވާ ފަރުދާކޮޅު ދެންމެވިއެވެ. މިގޮތުގެ މަތިން އެ ފޮށިކޮޅު މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތިން ނިވާކުރެއްވިއެވެ.
ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.“
ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ.
އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް އިރިގެން ގޮސް ދެފަޅިވެގެން ދިޔައެވެ.
ދެން އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ ޚާއްސަ ފަރުދާ ދެފަޅިއަށް އިރިގެން ދިޔައެވެ. އެވަގުތު އީސާގެފާނު ގަދަ އަޑުފުޅުން ގޮވައި ލެއްވިއެވެ.
މިކަންތައްތަކާއި ހަވާލު ވެގެން ހުރި ރޯމުގެ ސިފައިންގެ އޮފިސަރު ބުންޏެވެ. ”މިމީހާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު މީހެއް ކަން ހަމަ ޔަޤީން.“ މިފެނި ދިޔަ ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ.
މި އުންމީދަކީ އަހަރެމެންގެ ޙަޔާތުގައި ލާފައިވާ ގުޑުވާނުލެވޭނެ ނަގިއްޔެއް ފަދަ އިތުބާރު ހުރި އެއްޗެކެވެ. މި އުންމީދު އަހަރެމެން ގޮވައިގެން މާތްވެގެންވާ ގެކޮޅުގެ ފަރުދާގެ އެތެރޭބަޔަށް ގެންގޮސް ދޭނެއެވެ.
އެ ފޭލިގެކޮޅުގެ ދެވަނަ ބަޔަކީ އެންމެ މުޤައްދަސް މަޤާމުފުޅެވެ. އެބައި ވަނީ ފަރުދާގެ ފުރަގަހުގައެވެ.
ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ!
އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.